ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިނަށް އެމްޑީޕީގެ ވަރުގަދަ ވަފުދެއް އެ ދާއިރާއަށް ވަޑައިގެންފި އެވެ.
މި ޓީމުގައި ހިމެނިވަޑައިގެންނެވީ އެ ދާއިރާއަށް އެމްޑީޕީން ވާދަ ކުރައްވާ ކެންޑިޑޭޓު އިބްރާހިމް ޝާޒް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި އެމްޓީސީސީގެ ސިއީއޯ އާދަމް އާޒިމްގެ އިތުރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ.
އެ ޓީމުން އެންމެ ފުރަތަމަ ވަޑައިގެންނެވީ ގުރައިދޫ ދާއިރާގައި ހިމެނޭ ގުޅިއަށެވެ. އިތުރު ތަފްސީލް ހާމަ ނުކުރާއިރު މި ދަތުރުގައި މާފުއްޓާއި ގުރައިދޫއަށް އެމްޑީޕީގެ ޓީމު ވަޑައިގެންނަވާނެ އެވެ.
އެމްޑީޕީގެ ޓީމަށް ބަލާއިރު ބެލެވޭ ގޮތުގައި ސަރުކާރުގެ މުހިންމު މަޝްރޫއު ތަކާއި ގުޅޭގޮތުން ކެމްޕެއިންގައި ވާހަކަ ދައްކާނެ އެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.
އިންތިހާބުގައި ވާދަ ކުރަނީ އެމްޑީޕީ އާއި އެކު އެމްއެންޕީ އަދި ޕީޕީއެމްއެވެ. އެ ދެ ޕާޓީގެ ޓީމުތަކުންވެސް އެ ދާއިރާގައި ދަނީ ކެމްޕެއިން ކުރަމުންނެވެ.
އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަ ވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް