ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު އަތުގައި ފައިސާ ނެތިގެން ރެސްޓޯރެންޓެއް ނުހުޅުވިގެން އުޅޭކަމަށް ބުނެފި އެވެ.
މީގެ ކުރިން ދިން އިންޓަވިއުއެއްގައި ކަންގަނާ ބުނީ އޭނާގެ އެޖެންޑާގައި ކުރަން ބޭނުންވާ ކަންތައްތަކުގެ ތެރޭގައި ކެއްކުން ހިމެނޭ ކަމަށެވެ. އެކަން ކުރުމަށް އޭނާ ބޭނުންވަނީ އަމިއްލަ ރެސްޓޯރެންޓެއް ހުޅުވަން ކަމަށް ބުންޏެވެ.
ކަންގަނާ ބުނީ މީގެ އެތައް އަހަރެއް ކުރިން ދިން އިންޓަވިއުއެއް ސަޕޯޓަރަކު އާކޮށްދިން އިރު އޭނާ އަދިވެސް އެ ހުވަފެން ހަގީގަތަކަށް ހެދުމުގެ މަސައްކަތް ހުއްޓާނުލާ ކަމަށެވެ. އެކަމަކު މިދިޔަ އަހަރުވެސް އެކަން ނުކުރެވުނީ ބޭނުންވާ ވަރަށް އަތުގައި ފައިސާ ނެތުމުން ކަމަށް ބުންޏެވެ.
ކަންގަނާގެ މި ފަހުގެ ހުރިހާ ފިލްމެއް ބޮލީވުޑްގައި ވަނީ ފޮލޮޕެވެ. އެގޮތުން މިދިޔަ އަހަރު ރިލީޒް ކުރި އޭނާގެ ފިލްމު "ދާކަޑް" ވެގެން ގޮސްފައިވަނީ މިހާތަނަށް މަޝްހޫރު ބޮލީވުޑް ތަރިއަކު ކުޅު ފިލްމަކަށް އެންމެ ދަށް އާމްދަނީ ލިބުނު ފިލްމަށެވެ.
އޭނާ އަތުގައި ފައިސާ ނެތްކަން އެނގޭ އެއް ކަމަކީ ކުރިޔަށް ޑައިރެކްޓު ކުރަން ހަމަޖެހިފައިވާ ފިލްމު "އެމަޖެންސީ"އަށް ފައިނޭންސް ކުރުމަށް ކަންގަނާގެ އަމިއްލަ ގެ މޯގޭޖު ކޮށްފައިވާތީ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކަންގަނާގެ ކުރިޔަށް ހުރި ފިލްމުތަކުގެ ތެރޭގައި ހިމެނެނީ "އެމަޖެންސީ" އާއި ތަމަޅަ ފިލްމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް