ސްޕެނިޝް ލީގު: ބާސާ އަތުން ބަލިވެ ރެއާލްއަށް ލީގު ހޯދުމުގެ ފުރުޞަތު ހަނިވެއްޖެ!

ސްޕެނިޝް ލީގުގައި ރޭ ވާދަވެރި ބާސެލޯނާއާއި ދެކޮޅަށް ކުޅުނު އެލް ކްލެސިކޯ މެޗުން ބަލިވެ، ލީގު ހޯދުމުގެ ފުރުޞަތު ރެއާލް މެޑްރިޑަށް ހަނިވެއްޖެއެވެ. ތާވަލްގެ އެއްވަނާގައި އޮތް ބާސާއަތުން ރެއާލް ބަލިވީ 1-2...

20 Mar 2023 | 04:21

ސްޕެނިޝް ލީގުގައި ރޭ ވާދަވެރި ބާސެލޯނާއާއި ދެކޮޅަށް ކުޅުނު އެލް ކްލެސިކޯ މެޗުން ބަލިވެ، ލީގު ހޯދުމުގެ ފުރުޞަތު ރެއާލް މެޑްރިޑަށް ހަނިވެއްޖެއެވެ.

ތާވަލްގެ އެއްވަނާގައި އޮތް ބާސާއަތުން ރެއާލް ބަލިވީ 1-2 ގެ ނަތީޖާއިންނެވެ.

ރޭ ހޯދި މިމޮޅާއެކު ބާސާއިން ވަނީ ލީގު ތާވަލްގެ އެއްވަނާގައި 12 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ލީގުގައި ބާކީ 12 މެޗު ރެއާލްއަށް އޮތް ނަމަވެސް ބާސާ މިހާރު އޮތް ފޯމަށް ބަލާއިރު، ބާސާއާއި އަރާ ހަމަކުރުމަކީ އެއީ ވާނޭ ކަމެއް ކަމަށް ނުބެލެވެއެވެ.

ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ރެއާލުންނެވެ. ރެއާލުން މެޗުގެ ލީޑު ނެގީ މެޗުގެ ނުވަވަނަ މިނެޓުގައި ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރޫހޯ އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ. ބާސެލޯނާއިން ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފްގެ ފަހު މިނެޓުގައި ސާޖި ރޮބާޓޯ ޖެހި ލަނޑުންނެވެ.

ދެޓީމުން ވެސް ނަތީޖާ އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، ދެވަނަ ހާފުގެ 81 ވަނަ މިނެޓުގައި މާކޯ އެސެންސިއޯ ވަނީ ރެއާލަށް ލަނޑެއް ޖަހައިދީފައެވެ. ނަމަވެސް ވީއޭއާރުން ނިންމީ މިއީ އޮފްސައިޑު ލަނޑެއް ކަމަށެވެ. މި ލަނޑު ބަލައިގެންފައެއް ނުވެއެވެ. ބާސާއިން ރެއާލްގެ މައްޗަށް ކުރި ހޯދި ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ ފްރޭންކް ކެސީ އެވެ.

ރޭގެ މޮޅާއި އެކު ބާސެލޯނާ އެއްވަނާގައި އޮތީ ކުޅުނު 26 މެޗުން 68 ޕޮއިންޓާއެކުއެވެ. ރެއާލް މެޑްރިޑް ދެވަނާގައި އޮތީ ކުޅުނު 26 މެޗުން 56 ޕޮއިންޓާއެކުއެވެ. ތިން ވަނާގައި އޮތް އެތްލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 26 މެޗުން 51 ޕޮއިންޓެވެ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް