އައްމަޓީ އަނެއްކާވެސް ދޫކޮށްލައިފި

ސީލައިފް ގްލޯބަލްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ޝަރުތުތަކަކާއި އެކު އަނެއްކާވެސް ދޫކޮށްލައިފި އެވެ. އައްމަޓީ އާއި ދެކޮޅަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލާފައިވެ އެވެ. ކްރި...

20 Mar 2022 | 16:57

ސީލައިފް ގްލޯބަލްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ޝަރުތުތަކަކާއި އެކު އަނެއްކާވެސް ދޫކޮށްލައިފި އެވެ.

އައްމަޓީ އާއި ދެކޮޅަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލާފައިވެ އެވެ. ކްރިމިނަލް ކޯޓުގައި މިއަދު ބާއްވާފައި ވަނީ މި މައްސަލައިގައި ޝަރީއަތުގެ ހުށަހެޅުންތައް ހުށަހެޅުމަށް ބޭއްވި މަޖިލީހެކެވެ.

މިއަދުގެ މަޖިލީހުގައި އޮތީ ދައުލަތުގެ ފަރާތުން ބަންދު މުރާޖައާ ކުރުމަށް ހުށަހަޅާފައި ވާތީ ދެފަރާތުން ވަނީ ވާހަކަދައްކާފަ އެވެ. ދައުލަތުގެ ފރާތުން މިއަދުވެސް ތަކުރާރުކޮށް ބުނެފައިވަނީ އަންމަޓީ ބަންދުގައި ބަހައްޓަން ބޭނުންވަނީ ފިލައިގެން ގޮސްފާނެތީ ކަމަށެވެ.

އަންމަޓީގެ ފަރާތުން ދިފާއީ ވަކީލް ވިދާޅުވެފައި ވަނީ ދައުލަތުން ކުރި ކޮންމެ ޝަރުތެއް ވެސް ގަބޫލު ކަމަށެވެ. އަދި އަންމަޓީގެ ދިރިއުޅޭ ގޭ ދޮރުމަތީ ސެކިއުރިޓީ ބަހައްޓަން ވިޔަސް އޭނާ ދޫކޮށްދެއްވުމަށެވެ. އޭނާ މައިބަދައިގެ ސާޖަރީއެއް ހަދަން ޖެހޭ ކަމަށާއި، އަދި އޭނާގެ ބައްޕަ މިހާރު ފަހު ދުވަސްތައް ގުނަމުން ދާތީ ބައްޕައަށް ހިދުމަތް ކުރުމަށް ބޭނުންވާ ކަމަށް ވެސް ވަކީލު މިއަދުގެ ޝަރީއަތުގައި ވިދާޅުވި އެވެ.

ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށް ފަހު ގާޒީ ހަސަން ސައީދު ނިންމެވީ އޭނާ ގޭ ބަންދަށް ބަދަލު ކުރުމަށެވެ. އެއީ ކުރިން ފިލާފައި ހުރި މީހަކު އިސްލާހު ވުމުގެ ފުރުސަތު އޮތުމުންނާއި ޕާސްޕޯޓު ނެތް އިރު ފިލޭނެ ގޮތެއް އައްމަޓީއަށް ނެތުމުންނެވެ.

މިއީ ޝަރުތުތަކާއި އެކު އޭނާ ދޫކޮށްލި ތިން ވަނަ ފަހަރެވެ.

މި ދައުވާތައް އުފުލާފައިވަނީ ހުޅުމާލޭގައި ހައުސިން ޔުނިޓުތަކެއް އަޅާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގުމަށް ފަހު އަންމަޓީ ފިލި މައްސަލައިގަ އެވެ. އައްމަޓީގެ ސީލައިފް އިން ފްލެޓު ދޭނެ ކަމަށް ބުނެ 280 މީހަކު އަތުން އޭނާ ފައިސާ ހޯދާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް