ކ. ގިރިފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ ގިރިފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ބޭރު ތޮށި ލުމުގެ މަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތުގެ 62 އިންސައްތަ މަސައްކަތް ވަނީ ނިމިފައި ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
މި މަޝްރޫޢުގެ ދަށުން، 268 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 46 މީޓަރުގެ ސަރަޙައްދެއްގައި ނެރު ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މިއީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 18.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް