ކުރިޔަށް އޮތް ރޯދަ މަހު ކިންގް ސަލްމާން މިސްކިތުގައި ނަމާދު ކުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި2017 ވަނަ އަޅަން ފެށި މިސްކިތުގެ މަސައްކަތް ދެ އަހަރު ތެރޭގައި ނިންމާފައިވެ އެވެ. އެކަމަކު މިހާތަނަށް ނުހުޅުވާ ސަބަބުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ ސަރުކާރުގެ ހުއްދަ ނުލިބުމާއި އިތުރު ކަންކަން ހުރި ކަމަށް މިނިސްޓްރީން ބުނެ އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު މީޑިއާގައި ބުނީ އަންނަ ރޯދަ މަހުގެ ފުރަތަމަ ދުވަހު އެ މިސްކިތުގައި ނަމާދު ކުރަން ފަށާނެ ކަމަށެވެ. އެކަމަކު އެއީ ރަސްމީކޮށް މިސްކިތް ހުޅުވުން ނޫން ކަމަށާއި ރޯދައަށް ހުޅުވާނީ ހަމައެކަނި ނަމަދު ކުރާ ބައިތައް ކަމަށް ބުނެފައިވެ އެވެ.
މިސްކިތުގައި ނަމާދު ކުރަން ފަށަން ނިންމާފައި މިވަނީ މިސްކިތް ނުހުޅުވާ ގިނަ ދުވަސް ވާތީ އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވަމުން ދަނިކޮށެވެ. ފާޑުކިޔާ މީހުން ބުނަމުން ދަނީ ސަރުކާޜުން އެ މިސްކިތް ނުހުޅުވާ ލަސްކުރަނީ ސިޔާސީ ގޮތުން ރައީސް ޔާމީނާއި ޖައްސާލައިގެން ކަމަށް ބުނެ އެވެ.
ސަލްމާން މިސްކިތަކީ370 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާފައިވާ މިސްކިތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް