މިއަދަކީ ބައިނަލްއަގްވާމީ އުފަލުގެ ދުވަސް

އިންސާނާއަށް ކުރެވޭ އިހުސާސްތަކުގެ ތެރެއިން އެންމެ ބާރުގަދަ އެއް އިހުސާސަކީ އުފާ ކަމާއިމެދު ޝައްކެއް ނެތެވެ. ސިއްހީ ނަޒަރަކުން ކުރުކޮށް ފޮނިކޮށް ބުނާނަމަ އުފަލަކީ ހިތުގެ ބަލިތަކުން ދުރުކޮށްދޭ، ލޭގެ ޕް...

20 Mar 2022 | 11:47

އިންސާނާއަށް ކުރެވޭ އިހުސާސްތަކުގެ ތެރެއިން އެންމެ ބާރުގަދަ އެއް އިހުސާސަކީ އުފާ ކަމާއިމެދު ޝައްކެއް ނެތެވެ.

ސިއްހީ ނަޒަރަކުން ކުރުކޮށް ފޮނިކޮށް ބުނާނަމަ އުފަލަކީ ހިތުގެ ބަލިތަކުން ދުރުކޮށްދޭ، ލޭގެ ޕްރެޝަރު ދަށްކޮށްދޭ، ނިދީގެ ކޮލިޓީ ރަނގަޅުކޮށްދޭ، އަދި ސްޓްރެސްގެ އިތުރުން ބަރުދަންވެސް ލުއިކޮށްދިނުމުގެ ބާރުލިބިފައިވާ ފިސާރި ބާރުގަދަ އިހުސާސެކެވެ.

މިއަދަކީ އުފަލުގެ ދުވަހެވެ. ބައިނަލްއަގްވާމީގޮތުން ދުނިޔޭގެ ހުރިހައި ގައުމެއްގައި 20 މާރިޗް ފާހަަގަކުރަނީ ދުނިޔޭގެ އުފަލުގެ ދުވަސް (އިންޓަނޭޝަނަލް ހެޕިނަސް ޑޭ) ގެ ގޮތުގައެވެެ.

އުފަލުގެ ދުވަސް ކޮންމެ އަހަރެއްގެވެސް މާރިޗް 20ގައި ފާހަގަކުރަން ނިންމީ އދގެ އާންމު މަޖިލީހުގެ އެސެމްބްލީއެއްގައި 28 ޖޫން 2012 ވަނަ އަހަރުގައެވެ.

ބައިނަލްއަގްވާމީ އުފަލުގެ ދުވަހުގެ ގޮތުގައި މިއަދު ފާހަގަކުރަމުން އަންނައިރު އދގެ އާންމު މަޖިލީހުން އެދުވަހު ގޮވާލީ ކޮންމެ ފަރުދަކުވެސް ތިމާގެ އަމިއްލަ ނަފްސުގެ އުފަލަށްޓަކައިވެސް ހެޔޮ ބަދަލެއް ގެނައުމަށް މި ތާރީހުގައި އަޒުމް ކަނޑައެޅުމަށެވެ. އަދި ދެވަނަ، ތިންވަނަ ފަރާތަކާ އުފާ ހިއްސާކޮށް ދުނިޔެއަކީ އުފާވެރި ތަނެއްގެ ގޮތުގައި ހެދުމަށް މަސައްކަތްކޮށްދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް