ބޮޑެތި ޑިސްކައުންޓްތަކާ އެކު ސޮނީ ހޯމްގެ ރޯދަ ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.
75 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ މި ޕްރޮމޯޝަން ކުރިޔަށް ދާނީ އަންނަ މެއި މަހުގެ 15 އާ ހަމަ އަށް ކަމަށް ސޮނީ ހޯމް އިން ބުނެއެވެ.
ސޮނީ ހޯމް އިން ބަދިގެއާއި ގޭތެރެއަށް ބޭނުންވާ ސާމަނާއި ދޮންނަން ބޭނުންވާ ސާމާނުގެ އިތުރުން ރީތިވާ ސާމާނު ވެސް ލިބެން ހުންނާނެ އެވެ.
ސޮނީ ހޯމް އިން ލިބެން ހުންނަ ބްރޭންޑުތަކުގެ ތެރޭގައި "ޓެފަލް" އާއި "މޮލިނެކްސް" އާއި "ޖޯސެފް ޖޯސެފް" އާއި "ކޮރެލް" ފަދަ މަޝްހޫރު ބްރޭންޑުތައް ހިމެނެ އެވެ.
ރޯދަ މަހާ ދިމާކޮށް ސޮނީ ހޯމުން ފެށި މި ޕްރޮމޯޝަނަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ގެއަށް ބޭނުންވާ ސާމާނު ހެޔޮ އަގުގައި ގަތުމުގެ ފުރުސަތު ފަހިކޮށްދޭން ފެށި ޕްރޮމޯޝަނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް