އެެޕަލްއިން މިދިޔަ ހަފްތާގައި ދޫކޮށްލި އައިއޯއެެސްގެ އާ އަޕްޑޭޓާއެކު ބެޓެރީ ދާލެއް ފިސާރި އަވަސްކަމުގައިބުނެ އެކަމުގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާއަށް ބަންޑުން ކުރަން ފަށައިފިއެވެ.
މިދިޔަ ހަފްތާގައި ރިލީޒްކޮށްފައިވަނީ އައިއޯއެސް 15.4 އެކެވެ. މި އަޕްޑޭޓް ސަޕޯޓްކުރާ ފޯނުތަަކަށް މި އަޕްޑޭޓް މިހާރު ޑައުންލޯޑް ކުރެވޭނެއެވެ.
މި އަޕްޑޭޓާއެކު އިތުރު އާ ފީޗާސްތަކެއްވެސް ހިމަނާފައިވެއެވެ. އެއްމެ ފާހަގަކޮށްލެވޭ އެއް ފީޗާއަކީ މާސްކާއެކުގައިވެސް ފޭސް އައިޑީ މަސައްކަތްކުރާކަމެވެ.
މި އަޕްޑޭޓް ކިތަންމެ މޮޅުނަމަވެސް އަޕްޑޭޓް ކުރުމަށްފަހު ބެޓެރީ ދުއްވާލަނީ މާ އަވަހަށް ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
މި ފާޑުކިޔުންތަކުގައި ބައިވެރިވެފައިވާ އެކަކު ބުނެފައިވަނީ އެޕަލްއިން އަހަރުގެ ވަކި ހިސާބަކުން އައިއޯއެސްގެ އަޕްޑޭޓެއް ނެރެނީ ހަމަ ގަސްތުގައި ބެޓެރީ ދުއްވާލެވޭގޮތް ހަދާފައި ކަމަށާއި އެއީ އަބަދުވެސް އެންމެ ފަހުން ނެރޭ އައިފޯނު ގަތުމަށް ބާރުއެޅުމަށް ކުރިއަށްގެންދާ މާކެޓިން އުޚުލެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.
މި ސަކުވާތަކަށް އެޕަލްއިން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް