ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލަކާއި އައްޑޫ ސިޓީއަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ.
ރައީސް އެންމެ ފަހުން އަތޮޅުތެރެއިން ވަޑައިގެންނެވީ ޅ. އަތޮޅަށެވެ. އެ ދަތުރުފުޅުގައި އެ އަތޮޅުގެ މީހުން ދިރިއުޅޭ ތިން ރަށަކަށް ވަޑައިގެންނެވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އެންމެ ދެކުނުގެ ދެ ސިޓީއަށް ފުރާ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު އެވެ. މި ދަތުރުފުޅާއި ގުޅޭ މައުލޫމާތު އަދި ރައީސް އޮފީހުން ރަސްމީކޮށް ހާމައެއް ނުކުރައްވަ އެވެ.
ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން ފަހުން އައްޑޫ ސިޓީއަށް ވަޑައިގެންނެވީ2019 ވަނަ އަހަރު އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށެވެ.
ވެރިކަމަށް ވަޑައިގެން ފަހުން އެމަނިކުފާނު އަދި ފުވައްމުލަކަކަށް ވަޑައެއް ނުގެންނަވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް