އިންޑިއާގެ އައްސާމްގައި ސައިފަތް ބްރޭންޑަކަށް ޔޫކްރޭންގެ ރައީސް ޒެލެކްސްކީގެ ނަން ދީފިއެވެ.
މި ނަން ދީފައިވަނީ އައްސާމްގެ ކުންފުންޏަކުން އަލަށް މާކެޓަށް ނެރުނު ކަޅުސައި ބްރޭންޑަކަށެވެ.
މި ސައިފަތުގެ ނަމަކަށް ޒެލެންސްކީ ކިޔާފައިވާއިރު ޓެގްލައިންގައި ބުނެފައިވަނީ ފިސާރި ވަރުގަދަ ވާނެ ކަމަށެވެ.
ޒެލެންސްކީގެ ނަމަށް ނިސްބަތްކޮށް ސައިފަތަކަށް ނަން ދީފައިވާއިރު ރަޝިޔާއިން ދެމުންދާ ހަމަލާތަކަށް ފަހަތަށް ނުޖެހި ޒެލެންސްކީ ދައްކަމުން އަންނަ ހިތްވަރަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް