މިދިޔަ ހުކުރު ދުވަހު ރިލިޒް ކުރި ބޮލީވުޑްގެ ފިލްމު "ކަޝްމީރު ފައިލްސް" ބޮޑު ހިޓަކަށް ވެއްޖެ އެވެ.
ވިވެކް އަކްނިހޯތްރީ ޑައިރެކްޓުކޮށްފައިވާ ފިލްމުގެ ލީޑް ރޯލުން ފެނިގެންދަނީ އަނޫޕަމް ހޭރާއި މިތުން ޗަކްރޮބަތީ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ފިލްމު ވަނީ ހަތް ދުވަސް ތެރޭގައ ި100 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ހޯދައި ބޮލީވުޑްގެ ރެކޯޑެއް ހަދާފަ އެވެ. އަދި ނުވަ ދުވަސް ތެރޭގައި އެ ފިލްމު 150 ކްރޯޑު ރުޕީސް ހޯދާފައިވެ އެވެ.
މިއީ އާމިރް ހާންގެ ދަންގާލް އާއި "ބާހުބަލީ 2" ބޮލީވުޑްގައި ހޯދި ކާމިޔާބަށްވުރެ ބޮޑު ކާމިޔާބެކެވެ.
މި ފިލްމުގައި ފެނިގެންދަނީހަރުކަށި ފިކުރުގެ މުސްލިމުންތަކެއް ހިންދޫ އާއިލާއެއްގެ ދެމަފިރިން މަރާލުމުން ދިމާވާ ކަންތައްތަކެކެވެ. އެ ދެމަފިރިންގެ ކުއްޖެއް ވެސް ހުރެ އެވެ. އެ ކުއްޖާ ސަލަމާތްވި އިރު، އޭނާގެ ކާފަ އޭނާގެ މައިންބަފައިން އަސްލު މަރުވި ގޮތް ސިއްރުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް