ރާއްޖޭގައި މުދަލުގެ ޒަކާތުގެ ނިސާބު ފުރަތަމަ ފަހަރަށް ހަތް ހާހުން މައްޗަށް

ރާއްޖޭގައި މުދަލުގެ ޒަކާތގެ ގޮތުގައި ދައްކަންޖެހޭ ނިސާބުގެ އަދަދު 7241.15 އަށް އުފުލިއްޖެއެވެ. މި އަދަދު މިމަހުގެ 17 ފެށިގެން މަތިވެފައިވާއިރު މި އަދަދަށް އެންމެ ފަހުން ބަދަލުއައިސްފައިވަނީ މިދިޔަ އަހ...

20 Mar 2022 | 05:35

ރާއްޖޭގައި މުދަލުގެ ޒަކާތގެ ގޮތުގައި ދައްކަންޖެހޭ ނިސާބުގެ އަދަދު 7241.15 އަށް އުފުލިއްޖެއެވެ.

މި އަދަދު މިމަހުގެ 17 ފެށިގެން މަތިވެފައިވާއިރު މި އަދަދަށް އެންމެ ފަހުން ބަދަލުއައިސްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 20 އިން ފެށިގެންނެވެ. އޭރު އިސްލާމިކް މިނިސްޓްރީން އިއުލާނުކުރި އަދަދަކީ 6878.20 އެވެ.

ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. މުދަލު ޒަކާތް ނެރުމަކީ ނިސާބު ހަމަވާ ކޮންމެ މީހަކުވެސް ކުރުން ވާޖިބު ކަމެކެވެ. އެހެން ނަމަވެސް ރާއްޖޭގައި ޒަކާތް ނެރެނީ ނިސްބަތުން މަދު ބައެއްކަން ފާހަގަކޮށްލެވެއެވެ.

ނިޞާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުމަކީ ދީނީ ގޮތުން ވާޖިބެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް