އިންތިހާބުގެ ކުރިން ކުރެންދޫ ކަނޑުން ގޯތި ދިނުމަށް ގޮވާލައިފި

އިންތިހާބުގެ ކުރިން ކުރެންދޫ ފްލޯޓިން ހައުސް ޕްރޮޖެކްޓް ފެށުމަށް އާންމުންގެ ޖަމިއްޔާއިން ގޮވާލައިފިއެވެ. ޅ. ކުރެންދޫއާ ދިމާ ބޭރުން ކަނޑުން 1000 ގޯތި ދެވޭނެ ކަމަށް ކުރީގެ ރައީސް އަދި، ރައްޔިތުން މަޖިލީ...

20 Mar 2022 | 05:17

އިންތިހާބުގެ ކުރިން ކުރެންދޫ ފްލޯޓިން ހައުސް ޕްރޮޖެކްޓް ފެށުމަށް އާންމުންގެ ޖަމިއްޔާއިން ގޮވާލައިފިއެވެ.

ޅ. ކުރެންދޫއާ ދިމާ ބޭރުން ކަނޑުން 1000 ގޯތި ދެވޭނެ ކަމަށް ކުރީގެ ރައީސް އަދި، ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އާންމުންގެ ޖަމިއްޔާއިން ނެރުނު އިއުލާނެއްގައި ބުނީ ނަޝީދު ވިދާޅުވި ގޮތުގައި މާލެ އަތޮޅުގައި ފްލޯޓިން ސިޓީ ހަދަމުންދާ ނެދަލޭންޑްސް ގެ ކުންފުނި ގާތު އައްސަވައި އެއީ ވާނެ ކަމެއްކަން ކަށަވަރުކޮށް ކުރެންދޫ ބޭރުގައި 1،000 ގޯތި ދެވެން އޮތްގޮތުގެ ދެލިކޮޕީ ކުރެހުމެއްވެސް ކުންފުނިން ވަނީ އެމަނިކުފާމަށް ފޮނުވާފައެވެ.

ޅ.ކުރެންދޫ އަކީ ބިމުގެ ދަތިކަން ނިހާޔަތަށް އޮތް ރަށެއްކަމަށާއި، ފަޅެއް ނެތް ރަށެއްކަމުން ބިން ހިއްކުމަކީ ކުރެންދޫގައި ކުރެވެން ނެތްކަމަކަށް ވަތީ ކުރެންދޫގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެވެން އޮތީ ބިމުން މައްޗަށް އަރައިގެން ( ބުރިބުރިއަށް އުސް އިމާރާތް ހަދައިގެން) ނުވަތަ ރަށުން ބޭރަށް މާކަނޑަށް ( ފްލޯޓިން ހައުސިން) ނިކުމެގެންކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އަދި އެ އެއިއުލާނުގައިވާ ގޮތުން ކުރެންދޫއާއި ދިމާ ކަޑުގައި ފްލޯޓިން ގޯތި ހެދުމަކީ ކުރިން ގިނަ ބަޔަކު ވިސްނާފައި ނުވާ ކަމަކަށް ވިޔަސް ރައީސް ނަޝީދު މިވަނީ މިކަން ދިރާސާ ކުރައްވަވައި ކަމުގެ މާހިރުން އަތުން އެކަން ކުރާނެ ގޮތުގެ ދެލި ކޮޕީ ކުރެހުންވެސް ހޯދައްވާފައިވާ ކަމަށެވެ.

ވީމާ ރައީސް ނަޝީދުގެ މި އިސްނެންގެވުމަށް ޝުކުރު އަދާކޮށް، ކުރެންދޫގެ ބިމުގެ މައްސަލަ ހައްލު ކުރުމަށް މި މަޝްރޫއު ވީހާވެސް އަވަހަށް ފެއްޓޭނެ ގޮތެއް ހޯއްދެވުމަށް އެ ޖަމިއްޔާއިން ގޮވާލާއެވެ.

ބަޖެޓުގައި ނެތަސް ސަރުކާރުން ބޭނުން ވެއްޖެ ހާލަތެއްގައި ވަރަށް ހަލުވިކަމާއެކު މަޝްރޫއުތައް ހިންގޭނެކަން ކޮމަންޑޫ ބައި އިލެކްޝަންގައި ވަނީ ފެނިގެން ގޮސްފައިކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ. ވީމާ ކުރެންދޫގެ ބިމުގެ ދަތިކަން ހައްލު ކުރުމަށް ރައީސް ނަޝީދު ދެއްވެވި ހައްލު، އަދި އެމަނިކުފާނު އަތްޕުޅުގައިވާ ކުރެހުން ބޭނުންކޮށް،މިހާރު ކުރިމަތިވެފައި މިއޮތް އިންތިހާބުގެ ވޯޓުލުމުގެ ކުރިންް ކުރެންދޫގެ ފްލޯޓިން ހައުސިން ހެދުމުގެ މަޝްރޫއު ފެއްޓެއްވުމަށް އެ ޖަމިއްޔާއިން ގޮވާލައެވެ.

އެ ޖަމިއްޔާއިން ބުނީ މި 1،000 ގޯތި ކުރެންދޫ ދިމާ ބޭރު ކަޑުން ލިބިގެން ދިޔުން ވާނީ ކުރެންދޫ އާންމުންނަށް ދިމާވެފައިއޮތް ބިމުގެ ދަތިކަމަށް ލިބިގެންދާނެ ވަރަށް ބޮޑު ހައްލަކަށްކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް