ކަރިޝްމާ ކަޕޫރާއި ކަރީނާ ކަޕޫރު އަދި ކަރީނާގެ ދެ ދަރިން ހިމެނޭހެން ރާއްޖެއަށް ކުރި ކުރު ޗުއްޓީ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ.
މި ދެ ތަރިން އެނބުރި ގައުމަށް ދިޔައިރު އިންޑިއާ މީޑިއާގައި އެންމެބޮޑަށް މިއަދު ދެކެވޭ އެއް ވާހަކައަކީ މި ދެ ތަރިން ނިދާ ހެދުމުގައި ގައުމަށް އެނބުރި ދިޔަ ވާހަަކައެވެ. އެއާޕޯޓުން ނިކުތް އިރު ދެ ތަރިންވެސް ތިބީ ނިދާހެދުމުގައެވެ. ފޮޓޯތައް އަންނަނީ ވައިރަލް ވަމުންނެެވެ.
މިކަމަށް ފާޑުކިޔާ ބައެއް ފަރާތްތަކުން ބުނަނީ ރާއްޖެއަކީ ގޮސްފިނަމަ އަނބުރާ އަންނަން އެކަކުވެސް ބޭނުން ނުވާނެފަދަ މަންޒިލެއް ކަމަށާއި އެހެންކަމުން ފުރަން ވަގުތު ކުޑަތަންވި އިރުވެެސް ދެ ތަރިން ތައްޔާރުނުވެ ނޫނީ އަންނަ ހިތް ނުވެ ތިބެފައި ދެން އިތުރު ގޮތެއް ނެތަތީ އައީ ކަމަށެވެ. އަންނަން ޖެހުނީތީ ވީ ފޫހި ރަމްޒުކޮށްދެނީ ލައިގެން ތިބި ނިދާ ހެދުންކަމަށް ބުނެފައިވެއެވެ.
އަނެއް ބަޔަކު ސިފަކުރަނީ ދެ ތަރިން އެ ދައްކުވައިދިނީ އާ ފެޝަނެއް ކަމަށެވެ. މިއީ ޓްރެންޑަކަށް ވެދާނެ ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް