ކޮވިޑު ޓެސްޓް އަމިއްލައަށް ކުރާއިރު އޭގައި ހުންނަ ދިޔާބައި އެއް ބަޔަކު ނޭފަތަށް އަޅާތީ އެފްޑީއޭއިން ކަންބޮޑުވެއްޖެ

ކޮވިޑު 19 އަށް ހާއްސަ، އަވަސް ނަތީޖާ ލިބޭ، ގޭގައި ޓެސްޓް ކުރެވޭ ޓެސްޓް ކިޓްތަކާއެކު އިތުރު މައްސަލައެއް ބޮޑުވަމުން އަންނާތީ ސަމާލުވުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިނ...

20 Mar 2022 | 04:44

ކޮވިޑު 19 އަށް ހާއްސަ، އަވަސް ނަތީޖާ ލިބޭ، ގޭގައި ޓެސްޓް ކުރެވޭ ޓެސްޓް ކިޓްތަކާއެކު އިތުރު މައްސަލައެއް ބޮޑުވަމުން އަންނާތީ ސަމާލުވުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ކަންބޮޑުވުން ފާޅުކޮށް ސަމާލުވާން އިލްތިމާސްކޮށްފިއެވެ.

އެގޮތުން އެފްޑީއޭއިން ބުނެފައިވަނީ އެފަދަ ކިޓްތަކުގައި ވަކިން ހުންނަ ކެމިކަލް ލިކުއިޑަކީ ޓެސްޓް ކިޓަށް އަޅަންޖެހޭ އެއްޗެއް ކަމަށާއި ބައެއް ފަހަރު މިފަދަ ކިޓްތައް ވިއްކާއިރު އެ ބޭނުންކުރާނެ ގޮތުގެ ރަނގަޅު އިރުޝާދު ނުދެވޭތީ އެ ކެމިކަލުން ކަފަކޮޅު ތެންމާފައި ބައެއް މީިހުން ނޭފަތަށް ކޮއްޕުމުގެ ސަބަބުން ސިއްހީގޮތުން އިތުރު ގެއްލުންތައް ރިޕޯޓް ކުރެވިފައިވާކަމަށެވެ.

އަދި ބައެއް ފަހަރު އެ ކެމިކަލް ލިކުއިޑަކީ އައި ޑްރޮޕާ ނުވަތަ ނޯސް ޑްރޮޕާ ކަމަށް ހީކުރެވި އެފަދަ ކަންކަންވެސް ރިޕޯޓްކުރެވިފައިވާކަމަށް ބުނެފައިވެއެވެ.

އެފްޑީއޭއިން އިލްތިމާސްކޮށްފައިވަނީ އެފަދަ ކިޓް ވިއްކާއިރު ރަނގަޅު އިރުޝާދު ދެވެން ވާނެ ކަމަށާއި އެފަދަ ކަންކަމަށް މީހުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައްވެސް ހިންގެންވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް