މި ސަރަހައްދުގައި އުފެދުނު ލޯ ޕްރެޝަރު މިހާރު ކޮޅިގަނޑަކަށް ބަދަލުވެފައިވާކަމުގައި ރީޖަނަލް ސްޕެޝަލައިޒްޑް މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނެފިއެވެ.
އެގޮތުން އެ ސެންޓަރުން ބުނެފައިވަނީ ބަންގާޅު ކަނޑުގެ އިރު ދެކުނުގައި އުފެދިފައިވާ ލޯ ޕްރެޝަރު މިއަދު ކޮޅިގަނޑަކަށް ބަދަލުވެފައިވާކަމަށާއި މިރޭގެ ވަގުތެއްގައި ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވުމުގެ ފުުރުސަތު އެބަ އޮތްކަމަށެވެ. އަދި މާދަމާގެ މެންދުރެއްހާއިރު ތޫފާނަަކަށް ބަދަލުވުމުގެ ފުރުސަތުވެސް އެބަ އޮތް ކަމަށެވެ.
ލޯ ޕްރެޝަރު އުފެދުނީ ރާއްޖެއާއި މާ ދުރުނޫން ހިސާބެއްގައި ނަމަވެސް ކޮޅިގަނޑަކަށް ބަދަލުވި އިރު މި ޕޮއިންޓްވަނީ ރާއްޖެއާއި ކުޑަކޮށް ދުރަށް ޖެހިފައެވެ. އަދި ތޫފާނެއް އުފެދޭއިރު ދާނީވެސް ރާއްޖެއާއި ދުރަށެވެ.
ރާއްޖެއާއި ދުރަށްގޮސް މި ކޮޅިގަނޑުގެ މިސްރާބު ހުރީ އަންޑަމަން ކަނޑުން ގޮސް މިޔަންމާގެ ޔަންގޮންގެ އައްސޭރިއާ ދިމާއަށެވެ.
ތޫފާނެއް އުފެދިއްޖެ ނަމަ އެ ތޫފާނަކަށް ކިޔާނެ ނަމަކީ އަސާނީ ނުވަތަ އަސަނީއެވެ. މި ނަމަކީ ސްރީ ލަންކާއިން ދީފައިވާ ނަމެކެވެ. ރާއްޖެއަށް މިހާރު މި ކުރަނީ މި ކޮޅިގަނޑުގެ އަސަރު ކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް