މީގެ 36 މިލިޔަން އަހަރު ކުރިން ދިރިއުޅުނު ކަމަށް ބެލެވޭ ބޮޑުމަހުގެ ބާވަތެއްގެ ބޮލުކަށިގަނޑެއް ސައިންވެރިން ހޯދައިފިއެވެ.
މި ކަށިގަނޑު ހޯދާފައިވަނީ ޕެރޫއިންނެވެ.
ޕެލިއޮންޓޯލިޖިސްޓުންނަށް ހޯދުނު މި ކަށުގަނޑު ފެނުނުކަން ކަމާބެހޭ ފަރާތްތަކުން ހާމަކުރީ މިިދިޔަ ބުރާސްފަތި ދުވަހުގައެވެ. ނަމަވެސް ޕެރޫގެ ބިމުން މި ކަށިގަނޑު އެންމެ ފުރަތަމަ ފެނުނީ މިދިޔަ އަހަރުގެ ފަހުކޮޅުކަމަށް ބުނެފައިވެއެވެ.
ސައިންޓިސްޓުން ގަބޫލުކުރާގޮތުގައި މިކަށިގަނޑު ނިސްބަތްވަނީ ކޯމަސް، ބޮޑުމަސް ފަދަ މަސްމަހުގެ އެންމެ ކުރީގެ ނަސްލުތަކުގެ ތެރެއިން ނަސްލެއްގެ މަހަކަށެވެ.
މި ކަށިގަނޑު ނިސްބަތްވާ މަހުގެ ނުވަތަ ޖަނަވާރުގެ ދިނުމިނުގައި ގާތްގަނޑަށް 12 މީޓަރު ނުވަތަ ހަތަރު ބުރީގެ އިމާރާތަކާ އެއްވަރުވާނެ ކަމަށް ސައިންވެރިން ލަފާކުރެއެވެ.
މީގެ އިތުރުން ސައިންސްވެރިން ބުނެފައިވަނީ މި ކަށިގަނޑު ވަރަށް ރަނގަޅަށް ޕްރިޒާވް (ރައްކާ) ކުރެވިފައިވާތީ މި ކަށި ބޭނުންކޮށްގެން އިތުރު ހޯދުންތަކެއް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް