ބިދޭސީއަކަށް ހަމަލާދީ ޒަަހަމްކޮށްލައިފި

ރޭގައި މާލޭގައި ހިންގި މާރާމާރީއެއްގައި ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދީފައިވާ ބިދޭސީ ފިރިހެނަކު...

20 Mar 2022 | 03:54

ރޭގައި މާލޭގައި ހިންގި މާރާމާރީއެއްގައި ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދީފައިވާ ބިދޭސީ ފިރިހެނަކު އައިޖީއެމް ހޮސްޕިޓަލަށް ގެނެސްފައިވާކަމަށް އެ ހޮސްޕިޓަލުން ރޭގައި ރިޕޯޓްކޮށްފައިވާކަމަށެވެ.

ފުލުހުން ބުނެފައިވަނީ އެ ރިޕޯޓް ލިބިފައިވަނީ ރޭ، ގާތްގަނޑަކަށް 09:18 ހާއިރު ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައާއި ގުޅިގެން އަދި މިހާތަަނަށް މީހަކު ހައްޔަރުކޮށްފައިނުވާކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް