ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް ތަސްމާނިޔާގައި މިސްކިތެއް ހުޅުވައިފިއެވެ.
ތަސްމާނިޔާއަކީ އޮސްޓްރޭލިޔާގެ ސްޓޭޓެއްގެ ގޮތުގައި ވަކިން އޮންނަ ރަށެކެވެ. އާބާދީގައި ފަސް ލައްކައެއްހާ މީހުން ދިރިއުޅޭ މި ރަށުގައި މި ފަހަކަށް އައިސް މުސްލިމުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
ތަސްމާނިޔާގައި މިދިޔަ ހުކުރު ދުވަހު ހުޅުވި މިސްކިތަކީ އެ ރަށުގައި އަލަށް ހުޅުވި އެންމެ ފުރަތަމަ މިސްކިތެވެ. މި މިސްކިތް ހުޅުވާފައިމިވަނީ ރޯދަމާއި ދިމާކޮށެވެ.
މި މިސްކިތަށް ދީފައިވާނަމަކީ މަސްޖިދުއް ލޯންސެސްޓަން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް