އެޕަލް މި އަހަރު އައިފޯނު ފަތްޖަހާލާފާނެތަ !؟

އަބަދުވެސް އެޕަލްއަށް ފާޑުކިޔާ ފަރާތްތަކުން އެންމެ ބޮޑަށް ފާޑުކިޔަނީ އެޕަލްގެ ފޯނުގެ މައިގަނޑު ޑިޒައިނަށެވެ. އެންމެ ފަހުންވެސް އައިފޯނު 12 އިން 13 އަށް ބަދަލުކޮށްލީ ހަމައެކަނި ކެމެރާގެ ލެންސް ރިލޮކޭޓް...

19 Mar 2022 | 21:35

އަބަދުވެސް އެޕަލްއަށް ފާޑުކިޔާ ފަރާތްތަކުން އެންމެ ބޮޑަށް ފާޑުކިޔަނީ އެޕަލްގެ ފޯނުގެ މައިގަނޑު ޑިޒައިނަށެވެ.

އެންމެ ފަހުންވެސް އައިފޯނު 12 އިން 13 އަށް ބަދަލުކޮށްލީ ހަމައެކަނި ކެމެރާގެ ލެންސް ރިލޮކޭޓްކޮށްލައިގެންކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔަތެވެ. މިކަމުގެ މީމްސްތައްވެސް ހަދަ ހަދައިގެން ދައުރުކުރެތެވެ.

ދެން އޮތީ އެޕަލްއިން މި އަހަރު ގެންނާނެ ބަދަލަކާއިމެދު ކުރެވޭ ބަހުސެވެ.

މި ބަހުސަށް އިތުރު ހޫނުކަމެއް ގެނެސްދެނީ އެޕަލްއިން ފޯލްޑެބަލް (ފަތްޖަހާލެވޭ) ފޯނު މި އަހަރު ނެރެދާނެކަމަށް ދެކެވޭ ވާހަަކައިންނެވެ.

މި ވާހަކަ ޓެކް ހަބަރުތައް ގެނެސްދޭ ބައެެއް ނޫސްތަކުން ލޮނުމަޑުގޮތެއްގައި ރިޕޯޓްކުރި ނަމަވެސް މާކަ އޮއްޓަރުހުރި ވާހަކަތަކެއް ގެނެހެއް ނުދެއެވެ. އެހެންނަމަވެސް އެޕަލްއިން ފޯލްޑެބަލް ދެ ޕެޓެންޓެއް ކުރިން ރަޖިސްޓްރީކޮށްފައި އޮންނަކަމަށް ދެކެވޭ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ.

މަތީގައި މި ހަބަރުގައި މެއިން ފޮޓޯގެ ގޮތުގައި ހިމަނާފައިއެވަނީ އޭގެން ޕެޓަންޓެއް އަސްލަކަށް ބަލައިގެން ބަޔަކު ރެންޑާކޮށްފައިވާ ޑިޒައިނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް