ސިޔާސީ ބަޔާންތައް އިއްވުމަށް މިސްކިތްތައް ބޭނުން ކުރެވިގެން ނުވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި މިނިސްޓަރު ވިދާޅުވެފައިވަނީ މިސްކިތްތަކާއި މިސްކިތްތަކުގެ ވަށައިގެންވާ ސަރަހައްދުތަކަކީ ސިޔާސީ ބަޔާން އިއްވޭ ސަރަހައްދުތަކަކަށް ވެގެން ނުވާނެ ކަމަށާއި ފުލުހުން މިކަމާމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
https://twitter.com/UmarNaseerPPM/status/578840467036483584
މިނިސްޓަރުގެ ޓްވީޓްގައި ވިދާޅުވެފައިވާ ސިޔާސީ ބަޔާނަކީ ކޮބައިކަން ނޭންގުނު ނަމަވެސް މި ދިޔަ ހުކުރު ދުވަހާއި މި ހުކުރު ދުވަހު ސަރުކާރާ ދެކޮޅު ސިޔާސީ ޕާޓީތަކުން ވަނީ ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލާ އިސްލާމީ މަރުކަޒު ބޭރުގައި ހާއްސަ ދުއާއެއް ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް