ސިފައިންގެ ލަވަ ސިޔާސީ އެއްވުންތަކުގައި ބޭނުން ނުކުރުމަށް އަންގައިފި

ސިފައިންގެ ލަވަ ސިޔާސީ އެއްވުންތަކާއި މުނާސަބު ނޫން ތަންތަނުގައި ބޭނުން ނުކުރުމަށް އަންގައިފި އެވެ. މިރޭ އިދިކޮޅު އަދާލަތު ޕާޓީއާއި އެމްޑީޕީ ގުޅީގެން ބޭއްވި " އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވުން" ޖަލްސ...

19 Mar 2015 | 20:37

ސިފައިންގެ ލަވަ ސިޔާސީ އެއްވުންތަކާއި މުނާސަބު ނޫން ތަންތަނުގައި ބޭނުން ނުކުރުމަށް އަންގައިފި އެވެ.

މިރޭ އިދިކޮޅު އަދާލަތު ޕާޓީއާއި އެމްޑީޕީ ގުޅީގެން ބޭއްވި " އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވުން" ޖަލްސާގައި ސިފައިންގެ ލަވަ ޖެހުމާއި ގުޅީގެން އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިފައިންނަށް ޚާއްސަކޮށްފައިވާ ސިފައިންގެ ލަވަ އަކީ ސިފައިންގެ ބޭނުންތަކަށް ބޭނުންކުރަމުންދާ ސިފައިންނަށް ހާޢްސަ ޝަރަފުވެރި ލަވައެއް ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ ލަވަ ސިޔާސީ ބޭނުންތަކަށް ބޭނުންކުރުމަކީ ސިފައިންގެ ޢިއްޒަތާއި ކަރާމާތަށް އުނިކަން ލިބޭނެ ކަމެއްކަމަށް ދެކޭ ކަމަށެވެ.

އަދާލަތާއި އެމްޑީޕީން މިރޭ ބޭއްވި ޖަލްސާ ފެށުމުގެ ކުރިންނާއި ޖަލްސާ ތެރެއިންވެސް ވަނީ ސިފައިންގެ ލަވަ ޖަހާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް