ނައިންސިކްސްޓީންގެ ސާރވޭ ފުރިހަމަކުރައްވައިގެން އުމްރާ ދަތުރެއް އަދި އައިފޯން 16 ޕްރޯ މެކްސެއް ހޯދުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.
ނައިންސިކްސްޓީނުން މައުލޫމާތުދޭ ގޮތުގައި މި ސާރވޭގެ މަގުސަދަކީ ރާއްޖޭގެ ޑިޖިޓަލް ބާޒާރުގައި އާންމު ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ހިޔާލުތަކުގެ އިތުރުން ރަނގަޅުކުރަންޖެހޭ ކަންކަން ދެނެގަތުމެވެ. އަދި މި ސާރވޭ ފުރިހަމަކުރުމަށް ހޭދަވާނެ ވަގުތަކީ 10 މިނެޓާއި 15 މިނެޓާއި ދެމެދުގެ ވަގުތުކޮޅެއް ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
އަދި މި ސާރވޭއާ ގުޅިގެން ހުޅުމާލޭގައި ހާއްސަ ސްޓޯލެއް ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ނައިންސިކްސްޓީނުން ހާމަކުރިއެވެ. އެގޮތުން 22 ފެބްރުއަރީ 2025 ވަނަ ދުވަހުގެ 15:00 – 22:00 އަށް ފަހި ޕްލާޒާ ކައިރީގައި ސްޓޯލް ބެހެއްޓިފައި ހުންނާނެއެވެ.
މި ސާރވޭ 15 ފެބްރުއަރީ އިން 22 މާރޗްގެ ނިޔަލަށް ކުރިޔަށް ގެންދާއިރު، އުމްރާ ދަތުރާއި އައިފޯން 16 ޕްރޯ މެކްސް ލިބޭނީ ސާރވޭގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށެވެ. ނަސީބުވެރި ފަރާތް ހޮވުމަށް ބާއްވާ ގުރުއަތު ނަގާނީ މާރޗް 31 ގައި ކަމަށް ތެރޭގައި ކަމަށް ނައިންސިކްސްޓީނުން ހާމަކުރެއެވެ.
އިންވެސްޓްމެންޓް ކުންފުންޏެއް ކަމުގައިވާ ނައިންސިކްޓީންގެ މަގުސަދަކީ އީޖާދީ އުފެއްދުންތަކާއި، ޚިދުމަތްތައް ތައާރަފުކޮށް، ވިޔަފާރިތައް ކުރިއެރުވުމާއި، ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދީ ތަރައްގީގައި ބައިވެރިވުން ކަމަށް އެ ކުންފުނިން ބުނެއެވެ.
ސާރވޭގެ ލިންކު:https://survey.ninesixteen.mv
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް