މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުން ފެށިގެން ކުރިއަށް

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދިވެހި ރައްޔިތުންނަށް ބަހަން ނިންމި މަސްދަޅު ކޭސް މާލެ ސަރަހައްދުގައި މިރޭ ބަހަން ފަށައިފިއެވެ. މަސްދަޅު ކޭސް ބަހަމުން އަންނަ ސަރަހައްދުތަކަކީ  މާލެ، މިފްކޯ އޮފީސް ކޮ...

20 Feb 2025 | 17:15

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދިވެހި ރައްޔިތުންނަށް ބަހަން ނިންމި މަސްދަޅު ކޭސް މާލެ ސަރަހައްދުގައި މިރޭ ބަހަން ފަށައިފިއެވެ.

މަސްދަޅު ކޭސް ބަހަމުން އަންނަ ސަރަހައްދުތަކަކީ  މާލެ، މިފްކޯ އޮފީސް ކޮމްޕައުންޑް އަދި ހެންވޭރ އެމްޓީސީސީ ސޯމިލް ސަރަހައްދުގައްޔާއި ވިލިމާލެ، ވެމްކޯ ސައިޓް ސަރަހައްދުގައްޔާއި ހުޅުމާލެ ފުރަތަމަ ފިޔަވަހި އުމަރު ޒާހިރު ބިލްޑިންގ ސަރަހައްދުގައްޔާއި ހުޅުމާލެ ދެވަނަ ފިޔަވަހި ހިޔާ ޓަވަރު 10 ގެ ޔޫތު ސެންޓރު ސަރަހައްދުގައެވެ.

މިރޭ 11 ޖެހުމާއި ހަމައަށް މަސްދަޅު ކޭސް ބެހުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާނެއެވެ.

ދެން މަސްދަޅު ކޭސް ބަހަން ފަށާނީ އަންނަ އާދީއްތަ ދުވަހުގައެވެ.

އާދީއްތަ ދުވަހުން ހެނދުނު 10:00 އިން ފެށިގެން ހަވީރު 04:00 އަށް އަދި ރޭގަނޑު 08:30 އިން ރޭގަނޑު 11:00 އަށް އަދި ހޯމަ ދުވަހުން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތީގެ ނިޔަލަށް ހެނދުނު މެންދުރު ފަހު 02:30 އިން ހަވީރު 06:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށް މަސްދަޅު ކޭސް ބެހުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާނެއެވެ.

މަސްދަޅު ދޫކުރަން ނިންމާފައިވަނީ ކަރަންޓު މީޓަރަށް ބަލައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް