މާލޭގައި ބަލިވެފައިވާ ކޮތަރާއި މަރުވެފައިވާ ކޮތަރު ފެންނަމުންދާތީ އެކަން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބަލަން ފަށައިފިއެވެ.
ދެ ފޮޓޯއަކާއެކު އެ ވުޒާރާއިން މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މާލޭގެ އެކި ހިސާބުތަކުން ބަލިވެފައިވާ ކޮތަރާއި، މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާކަން އެ ވުޒާރާގެ ސަމާލު ކަމަށް އައިސްފައިވާކަމަށެވެ.
އެކަން ދިމާވާ ސަބަބު ދެނެގަތުމުގެ މަސައްކަތް އެ ވުޒާރާއިން ފަށާފައިވާކަމަށާއި އަދި ސަބަބު ދެނެގަނެވޭހާ އަވަހަކަށް އެކަމުގެ ތަފްސީލު އާންމު ކުރާނެކަމުގައިވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
މާލޭގައި އާންމު ގޮތެއްގައި ގޮތަރު އެންމެ ގިނައިން ފެންނަ ދެ ސަރަހައްދަކީ ޖުމްހޫރީ މައިދާން ސަރަހައްދާއި ހެދިގޮނޑުދޮށް ސަރަހައްދެވެ.
މާލޭގެ އެކި ސަރަހައްދުތަކުން މަރުވެފައިވާ ނުވަތަ ބަލިވެފައިވާ ކޮތަރުތައް ފެންނަމުންދާކަން މިކަން އެ ވުޒާރާގެ ސަމާލުކަމަށް ގެނައި ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
މާލޭގެ އެކި ހިސާބުތަކުން ބަލިވެފައިވާ ކޮތަރާއި، މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާކަން، މި ވުޒާރާގެ ސަމާލުކަމަށް އައުމާގުޅިގެން، އެކަން ދިމާވާ ސަބަބު ދެނެގަތުމުގެ މަސައްކަތް މި ވުޒާރާއިން ފަށާފައިވާ ވާހަކަ ދަންނަވަމެވެ. އަދި ސަބަބު ދެނެގަނެވޭހާ އަވަހަކަށް، އެކަމުގެ ތަފްސީލް… pic.twitter.com/340LyUZDJ8
— Ministry of Agriculture and Animal Welfare (@MAAWmv) February 20, 2025
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް