ޢީދަށް 36 ރަށެއް ދިއްލައިލަން 28 މިލިޔަން ރުފިޔާ ޚަރަދު ކުރަނީ

ޢީދު ފަދަ މުނާސަބާތަކުގައި ރަށްރަށް ދިއްލައިލުމަށް 28 މިލިޔަން ރުފިޔާ ޚަރަދުކުރަން ނިންމާފައިވާކަން ހާމަކޮށްފިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކުރެއްވީ ސިޓީތަކާއި އިދާރީ ދާ...

20 Feb 2025 | 09:27

ޢީދު ފަދަ މުނާސަބާތަކުގައި ރަށްރަށް ދިއްލައިލުމަށް 28 މިލިޔަން ރުފިޔާ ޚަރަދުކުރަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކުރެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރެވެ.

އޭނާ ވިދާޅުވީ މި ފަހަރު ލައިޓު ގެންނަނީ 36 ރަށަކަށް ކަމަށާއި މިކަމަށް 28 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ.

މިފަހަރު ލައިޓު ގެންނަނީ ކުރިން ލައިޓު ނުލިބޭ ރަށްރަށަށް ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ. އަދި މި ލައިޓްތަކަކީ ހަމައެކަނި ޢީދަށް ބޭނުންކުރާ ލައިޓުތަކެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި އެކި މުނާސަބާތަކުގައި މި ލައިޓްތައް ބޭނުންކުރެވޭނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.

މި ފަހުން ޢީދަށް މާލެ ދިއްލުން ފެށިގެން ދިޔައީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ސިޓީ ކައުންސިލުގައި މާލޭ ސިޓީގެ މޭޔަރެއްގެ ގޮތުގައި ހުންނެވި އިރުގައެވެ. އެއަށްފަހު ރަށްރަށްވެސް ޢީދަށް ދިއްލަން ފެއްޓުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް