މާލެ ސަރަހައްދަށް މަސް ދަޅު ކޭސް ބެހުން އެސްޓީއޯގެ ބެލުމުގެ ދަށަށް – ފަށާނީ މިރޭ، ބަހާނެ ތަންތަނާއި ވަގުތުވެސް ބަދަލުވެއްޖެ

މާލެ ސަރަހައްދަށް މަސް ދަޅު ކޭސް ބެހުން އެސްޓީއޯގެ ބެލުމުގެ ދަށަށް ގެންގޮސް ބަހާނެ ތަންތަނާއި ވަގުތުވެސް ބަދަލުކޮށްފިއެވެ. އެސްޓީއޯއިން ބުނެފައިވަނީ ރަމަޟާން މަހަށް ގޭބީސީތަކަށް ސަރުކާރުން ދެއްވާ މަސް...

20 Feb 2025 | 07:17

މާލެ ސަރަހައްދަށް މަސް ދަޅު ކޭސް ބެހުން އެސްޓީއޯގެ ބެލުމުގެ ދަށަށް ގެންގޮސް ބަހާނެ ތަންތަނާއި ވަގުތުވެސް ބަދަލުކޮށްފިއެވެ.

އެސްޓީއޯއިން ބުނެފައިވަނީ ރަމަޟާން މަހަށް ގޭބީސީތަކަށް ސަރުކާރުން ދެއްވާ މަސްދަޅު ކޭސް 20 ފެބްރުއަރީ 2025 ން ފެށިގެން 27 ފެބްރުއަރީ 2025 ގެ ނިޔަލަށް ބެހުމަށްވަނީ ހަމަޖެހިފައި ކަމަށެވެ.

"ކުރީ އަހަރުގެ ތަޖުރިބާއާއި ދިމާވި ދަތިތަކަށް ރިއާޔަތްކޮށް މިއަހަރުގެ ހަދިޔާ ބެހުމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާ ކޮށް ރައްޔިތުންނަށް ވީހާވެސް ފަސޭހަކޮށް މަސްދަޅު ކޭސް ލިބޭނޭގޮތަށް ކަންކަން ރާވާ ބައްޓަންކުރުމަށް ކުރިން 20 ފެބްރުއަރީވާ ބުރާސްފަތި ދުވަހުގެ 2:30ގައި ފަށަން ރޭވިފަވާ ހަރަކާތް މިހާރުވަނީ މިރޭގެ 8:30ގައި ފަށަން ބަދަލުކުރެވިފައި، އަދި ބަހަން ނިންމިފާވާ ސަރަހައްދު ތަކަށްވެސްވަނީ ބަދަލު ގެނެވިފައި، މި ގެނެވުނު ބަދަލާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް މާއާފަށްއެދެން" އެސްޓީއޯއިން ބުނެފައިވެއެވެ.

މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތައް

  • 20 ފެބްރުއަރީ 2025- 20:30 އިން 23:00 އަށް
  • 21 ފެބްރުއަރީ 2025- ބަންދު
  • 22 ފެބްރުއަރީ 2025- 10:00 އިން 16:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް
  • 23 ފެބްރުއަރީ އިން 27 ފެބްރުއަރީ 2025- 14:30 އިން 18:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް

މިވަގުތު މާލޭ ސަރަހައްދުގައި މަސްދަޅުކޭސް ބަހަން ނިންމިފައިވާ ސަރަހައްދުތައް:

  • މާލޭގައި: މިފްކޯ އޮފީސް ކޮމްޕައުންޑް އަދި ހެންވޭރު އެމްޓީސީސީ ސޯމިލް
  • ވިލިމާލޭގައި: ވެމްކޯ ސައިޓް
  • ހުޅުމާލެ ފޭސް-1 ގައި: އުމަރު ޒާހިރު ބިލްޑިންގ
  • ހުޅުމާލެ ފޭސް-2 ގައި: ހިޔާ ފްލެޓް ޓަވަރ 10 ގެ ޔޫތު ސެންޓަރު

އިތުރަށް ގާއިމް ކުރެވޭ މަރުކަޒުގެ މައުލޫމާތު ހިއްސާކުރާނެކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް