ބޭރު ފައިސާއާބެހޭ އާންމު ގަވާއިދަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި

ބޭރު ފައިސާއާބެހޭ އާންމު ގަވާއިދު ޚިޔާލު ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުވާލައިފިއެވެ. މި ގަވާއިދުގެ މައިގަނޑު މަޤްސަދަކީ ބޭރު ފައިސާއިން ކުރެވޭ މުޢާމަލާތްތައް ކަނޑައެޅުމާއ...

20 Feb 2025 | 06:20

ބޭރު ފައިސާއާބެހޭ އާންމު ގަވާއިދު ޚިޔާލު ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުވާލައިފިއެވެ.

މި ގަވާއިދުގެ މައިގަނޑު މަޤްސަދަކީ ބޭރު ފައިސާއިން ކުރެވޭ މުޢާމަލާތްތައް ކަނޑައެޅުމާއި، ވިޔަފާރިތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކުތަކަށް ޖަމާކުރުމާއި މާރުކުރުމާއި، ޤާނޫނާ ހިލާފުވާ ފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމާއި، އަދި މި ކަމާގުޅުންހުރި އެހެނިހެންކަންކަމާ ބެހޭ އުޞޫލުތަކާއި އިޖުރާއަތު ކަނޑައެޅުމެވެ.

އެމްއެމްއޭއިން ބުނެފައިވާގޮތުގައި ބޭރު ފައިސާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު:  (32/2024ގެ 24 ވަނަ މާއްދާގެ (ހ) ގެ ދަށުން ގަވާއިދުތައް ހެދުމާއި ތަންފީޒުކުރުމަކީ އެ އޮތޯރިޓީގެ ޒިންމާއެއްކަމުގައިވާތީ، އެ އޮތޯރިޓީއިން ބޭރު ފައިސާއާބެހޭ އާންމު ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިހާރު އެކުލަވާލެވިފައިވާ ބޭރު ފައިސާއާބެހޭ އާންމު ގަވާއިދަށް އާންމުންގެ އެއްވެސް ކޮމެންޓެއްވާނަމަ، 23 ފެބުރުވަރީ 2025 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން،[email protected]  އަށް އީ-މެއިލްކޮށްދެއްވުން އެމްއެމްއޭއިން އެދެއެވެ.

ބޭރު ފައިސާއާބެހޭ އާންމު ގަވާއިދު މި އޮތޯރިޓީގެ ވެބްސައިޓް  (https://www.mma.gov.mv/#/pressrelease) ގައި އަޕްލޯޑްކުރެވިފައިވާނެކަމަށްވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.

ލިންކް: https://www.mma.gov.mv/documents/Laws/General%20Regulation%20on%20Foreign%20Currency.pdf

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް