ފެމިލީ ކޯޓުން ރޯދަ މަހު ކައިވެނި ކޮށްދޭނެ ގަޑިތައް ހާމަކޮށްފިއެވެ.
އެ ކޯޓުން ބުނެފައިވާގޮތުގައި ރޯދަ މަހު ރަސްމީ ދުވަސްތަކުގައި ހެނދުނު 09:30 އިން މެންދުރު 12:30 އަށް ކައިވެނިކޮށްދޭނެއެވެ. އަދި ރޭގަނޑު 09:30 އިން ރޭގަނޑު 11:30 އަށް ކައިވެނިކޮށްދޭނެއެވެ.
ހަފްތާ ބަންދުގައި ހުކުރު ދުވަހު ރޭގަނޑު 09:30 އިން ރޭގަނޑު 11:30 އަށް އަދި ހޮނިހިރު ދުވަހު މެންދުރު 01:00 އިން މެންދުރު 02:00 އަށް އަދި ހަމަ އެހެންމެ ހޮނިހިރު ދުވަހު ރޭގަނޑު 09:30 އިން ރޭގަނޑު 11:30 އަށް ކައިވެނިކޮށްދޭނެކަމަށް ބުނެފައިވެއެވެ.
ކޯޓުން ބޭރުގައި ރޯދަމަހު ކައިވެނިކޮށްދިނުން ހަފްތާގެ ހަތް ދުވަހުވެސް ރޭގަނޑު 09:30 އިން ރޭގަނޑު 11:30 އަށް ކުރިއަށްދާނެކަމުގައިވެސް ކޯޓުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް