ކުރިއަށް އޮތް ރަމަޟާން މަހަށް އަމާޒުކޮށް ދަޢުލަތުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ހެޔޮ އަގުގައި ފިޔާ، ބިސް އަދި އަލުވި ވިއްކަން ފަށައިފިއެވެ.
އެސްޓީއޯއިން ބުނެފައިވާގޮތުގައި ފިޔާ ބަސްތާއެއް ވިއްކަމުން އަންނަނީ 310 ރުފިޔާ އަށެވެ. ފަސް ބަސްތާ އަށްވުރެ ގިނައިން ނަގާނަމަ ބަސްތާއެއް 300 ރުފިޔާގެ މަގުން އަދި 100 ބަސްތާ ނަގާނަމަ ބަސްތާއެއް 290 ރުފިޔާގެ މަގުން ލިބޭނެއެވެ.
ބިސް ވިއްކަމުން އަންނަނީ ކާޓަނެއް 320 ރުފިޔާގެ މަގުންނެވެ. ފަސް ކާޓަނަށްވުރެ ގިނައިން ނަގާނަމަ ކާޓަނެއް 310 ރުފިޔާއަށް ލިބޭއިރު 100 ކާޓަނަށްވުރެ ގިނައިން ނަގާނަމަ ކާޓަނެއް 300 ރުފިޔާއަށް ލިބޭނެ ކަމަށް ބުނެފައިވެއެވެ.
އަލުވި ބަސްތާއެއް ވިއްކަނީ 310 ރުފިޔާއަށެވެ. ފަސް ބަސްތާއަށްވުރެ ގިނައިން ނަގާނަމަ ބަސްތާއެއް 300 ރުފިޔާއަށް އަދި 100 ބަސްތާއަށްވުރެ ގިނައިން ނަގާނަމަ ބަސްތާއެއް 290 އަށް ލިބޭނެކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
ފިޔާ، ބިސް އަދި އަލުވި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އެސްޓީއޯ ހޮޓެލްގައި ގާއިމްކުރެވިފައިވާ ވެއަރހައުސް އިން ލިބެން ހުންނާނެކަމުގައިވެސް އެސްޓީއޯއިން ބުނެފައިވެއެވެ.
އެސްޓީއޯއިން ބުނެފައިވާގޮތުގައި އެ ވެއަރހައުސް ހުޅުވިފައި ހުންނާނީ ހެނދުނު 09:00 އިން މެންދުރު 12:00 އަށް އަދި މެންދުރު 01:00 އިން ހަވީރު 05:00 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް