ރޯދައަށް ބާޒާރު ކުރަން މޫލީ ރޯދަ ސޭލް

ރަމަޟާން މަހަކީ އެއްބައިވަންތަކަން ދިރުވާ އާލާ ކުރާ މަހަކަށްވުމުން އާއިލާ އާއި ރައްޓެހިންނާއިއެކު ގުޅުން ބަދަހި ކުރުމަށް ވަގުތު ހޭދަ ކުރުމަކީ އާދަކާދައެވެ. ހަމަ އެއާއެކު، ގޭތެރެ ޒީނަތްތެރިކޮށް ބަދިގެއ...

20 Feb 2024 | 18:47

ރަމަޟާން މަހަކީ އެއްބައިވަންތަކަން ދިރުވާ އާލާ ކުރާ މަހަކަށްވުމުން އާއިލާ އާއި ރައްޓެހިންނާއިއެކު ގުޅުން ބަދަހި ކުރުމަށް ވަގުތު ހޭދަ ކުރުމަކީ އާދަކާދައެވެ. ހަމަ އެއާއެކު، ގޭތެރެ ޒީނަތްތެރިކޮށް ބަދިގެއަށް ބޭނުންވާ ސާމާނު ހަމަކޮށް އާކުރުމަކީވެސް ރަމަޟާން މަހައް ތައްޔާރުވުމުގެ ބޮޑު ބައެކެވެ. ރަމަޟާން ތައްޔާރުވުމުގެ ގޮތުން އާންމުކޮށް ވިޔަފާރިކުރާތަކެތި ފަސޭހަކަމާއެކު އޮންލައިންކޮށް، މަގްބޫލު އީކޮމާރސް ޕްލެޓްފޯރމް މޫލީ ރޯދަ ސޭލް މިވަނީ ފަށާފައެވެ. މި ސޭލް ރޯދަމަސް ނިމެންދެން ކުރިއަށްދާޢިރު ބައްލަވައިގަންނަ ކޮންމެ އައިޓަމެއްވެސް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރކޮށްލަދޭނެއެވެ.

ރޯދައަށް ބޭނުންވާ ތަކެތި ހިމެނޭ ސޭލް ސެކްޝަނުގައި ފަރުނީޗަރ، މަރޮށި ދިޔާހަކުރު، އެޑިއުކޭޝަނަލް މުސައްލަ، ރާއްޖޭގައި ރޯސްޓުކުރާ ކޮފީ، ނަޓް ބަޓަރސް އަދި  ރާއްޖޭގައި ހައްދާފައިވާ ތަރުކާރީ ފަދަ އެތަކެއް އައިޓަމެއް ވަނީ ހިމަނާފައެވެ.

އެކި ރޭންޖުގެ ނަން މަޝްހޫރު ބްރޭންޑް ތަކުގެ މި ޕްރޮޑަކްޓްތަކަކީ އިތުބާރުހިފޭ މަރޗަންޓުން ޕްލެޓފޯރމްގައި ފީޗަރ ކުރައްވާ ޕްރޮޑަކްޓްކެވެ. މޫލީ ޓީމުން ދެންނެވިގޮތުގައި ކުރިއަށް އޮތްތަނުގައި ގިނަ މަރޗަންޓުންނާއިއެކު އިތުރު ޕްރޮޑަކްޓްތައްވެސް ފެނިގެންދާނެއެވެ.


އިތުރު މައުލޫމާތު:

https://mool.ee/roadhasale

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް