ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ހިލޭ ސްކްރީންކުރެވޭ ކެމްޕޭނެއް ޓްރީޓޮޕް ހޮސްޕިޓަލުން ފަށައިފިއެވެ.
އެ ހޮސްޕިޓަލުން ބުނެފައިވާގޮތުގައި މި ސްކްރީނިންގް ކެމްޕޭން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލްގެ ތަޖުރިބާކާރު ކެއަރ ޓީމުގެ ކޮންސަލްޓަންޓް ޑަކްޓަރުންގެ ބެލުމުގެ ދަށުންނެވެ.
"ސްކްރީނިން ކުރިޔަށްދާނީ، މި ހިނގާ ފެބްރުއަރީ މަހުގެ 19 އިން 28 އަށް (ހުކުރު، ހޮނިހިރު ފިޔަވައި) ޓްރީޓޮޕް ހޮސްޕިޓަލުގެ 3 ވަނަ ފަންގިފިލާގައި ހުންނަ އަންހެނުންނަށް ހާއްސަ ކްލިނިކްގައި، ރޭގަނޑު 2000 އިން 2200 އަށް" ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެފައިވެއެވެ.
އެ ހޮސްޕިޓަލުން ބުނެފައިވާގޮތުގައި މި ސްކްރީނިން ކެމްޕޭންގެ މަޤްސަދަކީ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރައި ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، އަވަހަށް ބަލި ދެނެގަނެ، ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމެވެ. މި ސްކްރީނިންގް ކެމްޕޭނުގެ ދަށުން، ޑޮކްޓަރަށް ދެއްކުމާއި، ސްކްރީނިން ޓެސްޓްތައް ހިލޭ ހެދޭނެއެވެ. ޓެސްޓް ރިސަލްޓް ލިބުމުގެ ފަހުން ހޯދާ އިތުރު އެއްވެސް ޚިދުމަތަކަށް ހިނގާ ޚަރަދު މި ސްކްރީނިންގައި ނުހިމެނޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ސްކްރީން ކުރުމަށް އައުމުގެ ކުރިން ބަލަންވީ ބައެއް މުހިންމު ކަންތައްތައް
- ސްކްރީން ކުރެވޭ ފަރާތަކީ ކައިވެނި ކޮށްގެން އުޅޭ ފަރާތެއްކަމުގައިވުން
- ސްކްރީނިން ހައްދަވައިއިރު ޕީރިއަޑު ނުވަތަ ޚައިލު ވެފައިނުވުން
- ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި "ޕެޕް ސްމިއަރ ސްކްރީނިން" އެއް ހަދާފައި ނުވުން
މި ސްކްރީނިން ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވާ ޑަކްޓަރުން:
- ޑރ. އަކަންޝް (އަންހެނުންގެ ޚާއްސަ)
- ޑރ. އަދިތި (އަންހެނުންގެ ޚާއްސަ)
- ޑރ. ސަޖަނާ (އަންހެނުންގެ ޚާއްސަ)
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި ޞިއްޙީ ޚިދުމަތްފޯރުކޮށްދޭ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ އަމާޒަކީ ޚިދުމަތް ހޯދާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަ، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްފޯރުކޮށްދިނުމެވެ.
މި ސްކްރީނިން ކެމްޕޭނަށް ބުކިންގް ހެއްދެވުމަށާއި އިތުރު މަޢުލޫމާތު ހޯއްދެވުމަށް، 3351610 އަށް ގުޅުއްވާ، ނުވަތަ [email protected]
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް