ދަނޑުވެރިކަމާބެހޭ ވުޒާރާ، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ހުސެއިން އިސްމާއިލް މަގާމުން ވަކިކޮށްފިއެވެ.
އެ މަގާމުން ހުސެއިން ވަކިކުރިކަން ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ހުސެއިން އިސްމާއިލް ވަނީ ބައެއް މީޑިއާތަކަށް އެކަން ޔަގީން ކޮށްދީފިއެވެ.
ސްޓޭޓް މިނިސްޓަރުގެ މަގާމަށް ހުސެއިން އިސްމާއިލް އައްޔަނުކުރެއްވީ ޖަނަވަރީ މަހުގެ 19ވަނަ ދުވަހުގައެވެ.
ހުސެއިން އިސްމާއިލަކީ ކާނަލް ނާޒިމްގެ ޕާޓީ، އެމްއެންޕީގެ ނައިބުރައީސެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް