ސްޓެލްކޯގެ ބޭނުމަށް ގާކޮށީ ޕާކިންޒޯނުން ބަންދުކޮށްފައިވާ ސަރަހައްދު މި ހަފްތާ ނިމުމުގެ ކުރިއަށް ހުސްކޮށް އާންމުންނަށް ހުޅުވާލާނެ ކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯގެ ބޭނުމަށް އެ ޒޯނުން ބަންދުކޮށްފައިވަނީ މާލޭ ހިޔާ ފްލެޓްތަކާ ޖެހިގެން ބުރުޒުމަގަށްވާ ގޮތަށް އޮންނަ ސަރަހައްދެވެ.
މިކަން ހާމަކުރައްވައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ މިއަދު ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާ އެއްގޮތަށް ރައްޔިތުންނަށް ތަކުލީފަކަށްވެފައިވާ ކަންކަމަށް ހައްލުހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ބަންދުކޮށްފައިވާ އެ ސަރަހައްދު މި ހަފްތާ ނިމުމުގެ ކުރިން ހުސްކޮށް އެތަން އާންމުންނަށް ހުޅުވާލުމަށް އެ ކުންފުނިން ނިންމާފައިވާކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް