އދ. މަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 73 އިންސައްތަ ނިންމައިފި އެވެ.
މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ.
އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި، ހާބާ ޕޭވްމެންޓް ހެދުމުގެ މަސައްކަތުގެ 44 އިންސައްތަ ނިމިފައިވާ ކަމަށް މައުލޫމާތުދެ އެވެ.
މި މަޝްރޫޢުގެ ދަށުން، 52,271 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. 35,849 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 266 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލާނެ އެވެ. އަދި 40 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 156 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހާނެ އެވެ.
މީގެ އިތުރުން 186 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭ. އަދި މަގު ބައްތި ހަރުކުރުމާއި، 1,275 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވެ އެވެ.
މި މަޝްރޫޢަކީ 29.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް