ފަނޑިޔާރުންނަށް ފްލެޓު ނުލިބޭތީ އިހުތިޖާޖު ކުރަން ގޮވާލެއްވި ގާޒީއަށް ނަސޭހަތްދެނީ

ފަނޑިޔާރުންނަށް ފްލެޓު ނުލިބޭ މައްސަލައިގައި އިހުތިޖާޖަށް ނުކުންނެވުމަށް ގޮވާލެއްވުމާއި ގުޅިގެން ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ނައީމްގެ ސުކޫލީ މައްސަލައެއް ޖުޑީޝަލް ސަރވިިސް ކޮމިޝަން (ޖޭއެސްސީ) އިން ތ...

20 Feb 2023 | 09:40

ފަނޑިޔާރުންނަށް ފްލެޓު ނުލިބޭ މައްސަލައިގައި އިހުތިޖާޖަށް ނުކުންނެވުމަށް ގޮވާލެއްވުމާއި ގުޅިގެން ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ނައީމްގެ ސުކޫލީ މައްސަލައެއް ޖުޑީޝަލް ސަރވިިސް ކޮމިޝަން (ޖޭއެސްސީ) އިން ތަޙުޤީޤުކޮށް، ގާޒީއަށް ނަސޭޙަތް ދިނުމަށް ނިންމައިފިއެވެ.

މިކަމާއި ގުޅޭގޮތުން ޖޭއެސްސީން ބުނެފައިވަނީ، ގާޒީ ނައީމު ފަނޑިޔާރުންގެ ސޯޝަލް މީޑިއާ ގްރޫޕެއްގައި ފޮނުވާފައިވާ މެސެޖެއްގައި، ފަނޑިޔާރެއްގެ ސުލޫކާ ޚިލާފުވާފަދަ ބަސްތަކެއް ބޭނުން ކުރައްވާފައިވާ ކަމަށެވެ. އެ މައްސަލަ ކޮމިޝަނުން އިސްނަގައިގެން ބަލާ ޝަކުވާއެއްގެ ގޮތުގައި ތަހުޤީޤުކުރުމަށް ނިންމީ 2022 އޭޕްރީލް 17 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ ޖަލްސާގައެވެ.

ޖޭއެސްސީން ބުނީ، ގިނަ އަދަދެއްގެ ފަނޑިޔާރުން ހިމެނޭ، ފަނޑިޔާރުންގެ މެދުގައި ހިންގާ ވައިބަރ ގްރޫޕެއްގައި، ފޮނުއްވި މެސެޖްތަކަކީ ފަނޑިޔާރު ލިޔެ އެ ގްރޫޕަށް ފޮނުއްވި މެސެޖްތަކެއްކަމަށް ޤާޟީ އަލްއުސްތާޛު މުޙައްމަދު ނަޢީމް އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.

ފަނޑިޔާރުންގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ގާޒީ ނައީމު ވިދާޅުވެފައި ވަނީ އުއްތަމަ ފަނޑިޔާރާއި ޖުޑިޝަރީގެ ވެރިންގެ "ކަރު ބުޑުގައި ރަހަލާ ވަރުކޮށްގެން" މެނުވީ ކަންކަން ރަނގަޅު ނުވާނެ ކަމަށެވެ. އެގޮތުން ގާޒީ އެހެން ވިދާޅުވެފައިވަނީ އެޗްޑީސީގެ މުވައްޒަފުންނަށް ދައުލަތުން ފްލެޓް ދިނުމަށް ނިންމުމާއި ގުޅޭ ޚަބަރެއް އެ ގްރޫޕަށް އެހެން ފަނޑިޔާރަކު ޝެއަރ ކުރެއްވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް