ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ވަގުތީ ދެވަނަ މިސްކިތުގެ ޖާގަ އިތުރުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.
އެ މިސްކިތް ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ރޯދަ މަހު އެވެ. އެ މިސްކިތް ހުންނަނީ ފިނަރެސް ފްލެޓުތަކާއި ފަރުކޮޅުފުއްޓާއި ދޭތެރޭގައި އެވެ.
އިސްލާމިކް މިނިސްޓްރީން ނިންމާފައިވަނީ މިސްކިތުގެ ގޯތިތެރެއަށް ބައެއް އިތުރުކޮށް ހިޔާ ކުރުމަށެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް މިމަހުގެ 22 ވަނަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި އެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2023 މާރިޗް 01 ވާ ބުދަ ދުވަހުގެ 10:00 ގައެވެ.
މި މަސައްކަތުގެ ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް