ރައީސް ސޯލިހު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިންގަޕޫރަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މި ދަތުރުފުޅުގައި އެމަނިކުފާނު ފުރާވަޑައިގެންނަވާނީ މިއަދުގ...

20 Feb 2023 | 05:59

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިންގަޕޫރަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މި ދަތުރުފުޅުގައި އެމަނިކުފާނު ފުރާވަޑައިގެންނަވާނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެވެ. އެހެންވެ ދަތުރުފުޅުގެ ތަފްސީލް ހާމައެއް ނުކުރައްވަ އެވެ.

ރައީސް މީގެ ކުރިން ނުރަސްމީ ގިނަ ދަތުރުފުޅުތަކެއް ސިންގަޕޫރަށް ކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ސިއްހީ ފަރުވާ ހޯއްދެވުމަށް ކުރެއްވި ގިނަ ދަތުރުފުޅުތަކެއް ކުރައްވާފައިވެ އެވެ.

މީގެ ކުރިން އެ ގައުމުގައި ރައިސް ވަނީ ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރައްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް