އާންމުން ނަފްސާނީވުން އިތުރުވަނީ ރައީސްގެ އަމަލުތަކާއި މެދު ވިސްނާ، ވިސްނާ: ހުސައިން

އާންމުންގެ ނަފްސާނީ މައްސަލަތައް އިތުރުވެފައިވަނީ ގައުމުގެ ވަލީއުލްއަމްރުގެ އަމަލުތައް ހުރިގޮތުން ވިސްނާ ވިސްނާ ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ. އޭނާ...

20 Feb 2023 | 05:29

އާންމުންގެ ނަފްސާނީ މައްސަލަތައް އިތުރުވެފައިވަނީ ގައުމުގެ ވަލީއުލްއަމްރުގެ އަމަލުތައް ހުރިގޮތުން ވިސްނާ ވިސްނާ ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހުށަހެޅުއްވާފައިވާ ނަފްސާނީ ސިއްހަތާއި ގުޅޭ ހިދުމަތްތަކާއިބެހޭ ވަށާޖެހޭ ސިޔާސަތުުތަކެއްގެ ތެރެއިން މި ހިދުމަތްތައް ލިބޭނެ ނިޒާމެއް ރާއްޖޭގައި ގާއިމް ކުރަން ސަރުކާރަށް ގޮވާލާ ހުށަހެޅި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ހުސައިން ވިދާޅުވީ ސިއްހީ ނިޒާމުން އެކަށީގެންވާ ހިދުމަތް ނުލިބުމުން ރައްޔިތުން ނަފްސާނީ ބަލިމަޑުކަމާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ވަޒީރުން ތަފާޓު ވީއައިޕީ ހިދުމަތްތައް ހޯދައި ކާރުކޮޅުތަކުގައި އުޅުމަކީ ރައްޔިތުންގެ މެދުގައި ބަލިމަޑުކަން އިތުރުވާ ކަމެއް ކަމަށެވެ.

ހުސައިންގެ ވާހަކައިގަ ވަނީ ރައްޔިތުން ވިސްނާ ވިސްނާ ބޯ ހަލާކުވާ ކަންތައްތަކެއް ކަމަށް ބުނެ ލިސްޓެއް ވިދާޅުވެ ދެއްވާފައި އެވެ. އެގޮތުން ސަރުކާރާއި ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ނިސްބަތްކޮށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދައްކަވާ ވާހަކަތައް ފާހަގަ ކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ ފަދަ ހަމަލާތަކަކީ ރައްޔިތުން އެކަންކަމާއި މެދު ވިސްނަން ޖެހި ކޮޅުން ލާފައިވާ ކަންކަން ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް