ސަޕްލައި ދޯންޏެއްގައި އަލިފާން ރޯވެ އަޑިއަށް ގޮސްފި

ސަޕްލައި ދޯންޏެއްގައި އަލިފާން ރޯވެ އަޑިއަށް ހިނގައްޖެ އެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ކޮށްފައިވަނީ މިއަދު ހެނދުނު 07:15 ހާއިރުއެވެ. ސިފައިން ބ...

20 Feb 2023 | 04:46

ސަޕްލައި ދޯންޏެއްގައި އަލިފާން ރޯވެ އަޑިއަށް ހިނގައްޖެ އެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ކޮށްފައިވަނީ މިއަދު ހެނދުނު 07:15 ހާއިރުއެވެ.

ސިފައިން ބުނީ އެ ސަރަހައްދަށް ކޯސްޓްގާޑުން ދިޔަ އިރު ދޯނި އަޑިއަށް ގޮސްފައިވާ ކަމަށެވެ. އަލިފާން ރޯވެ އަޑިއަށް ދިޔައީ "ނޫރު2" ނަމަކަށް ކިޔާ ދޯންޏެކެވެ.

އަލިފާން ރޯވި އިރު ދޯނި އޮތީ ލ. މާވަށު ދެކުނުން ހަތް ނޯޓިކަލް މޭލު ދުރުގައި އެވެ. އެ ދޯނި ދަތުރު ކުރަމުން ދިޔައީ ރ. އަތޮޅު ރޮބިންސަން އައިލެންޑު ރިސޯޓަށެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނީގައި ހަތަރު ފަޅުވެރިން ތިބި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ތިން ބިދޭސީންނެވެ.

އެމީހުން ވަނީ ސިފައިންގެ އެހީތެރިކަމާއި އެކު ކޯސްޓްގާޑު އުޅަނދެއްގައި ލ. ގަމަށް ގެންގޮސް ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައި އެވެ. އެމީހުންނަށް އަނިޔާއެއް ލިބިފައިވާ ކަމެއް އަދި ނޭނގެ އެވެ.

މިހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި ނޭނގެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް