ރައީސް ނަޝީދު އަވަހާރަކޮށްލަން ފުރުސަތު ދިނީ މި ސަރުކާރުން: އިންތި

ރައްޔިތުންގެ މަޖިލީޙުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ފުރުސަތު ދިނީ މި ސަރުކާރުން ކަމުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)  ވިދާޅުވެއްޖެއެވެ. އިންތި މި...

20 Feb 2023 | 04:36

ރައްޔިތުންގެ މަޖިލީޙުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ފުރުސަތު ދިނީ މި ސަރުކާރުން ކަމުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)  ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސްރަހު ހޫނުވެގެންގޮސް އިންތި ވިދާޅުވީ ކުރީގެ ކޮންމެ ސަރުކާރަކުންވެސް ރައީސް މުހައްމަދު ނަޝީދަށް ގިނަ ގުނަ އަނިޔާތައް ދިން ކަމަށާއި ޖަލަށް ލުމާއި އަނދަގޮނޑީގައި ބޭންދުމާއި ޓިނުގޮޅިއަށް ލުން ހިމެނޭ ކަމަށެވެ. އެހެން ނަމަވެސް ރައީސް ނަޝީދު އަވަހާރަކޮށްލަން ފުރުސަތު ދިން ހަމަ އެކަނި ސަރުކާރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ކަމުގައި އިންތި ވިދާޅުވިއެވެ.

މަޖިލީހުގެ މަސްރަހު މިކަމާއި ގުޅޭގޮތުން ހޫނުވެގެންދިޔައީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް ދެއްކެވި ވާހަކަފުޅަކުންނެވެ.

އެގޮތުން ޝަހީމް ވިދާޅުވީ ރައީސް ނަޝީދުގެ ސެކިއުރިޓީއަށްޓަކައި އެކަކިވެސް އެތައް މިލިޔަން ރުފިޔާއެއް ބަޖެޓު ކުރެވި އެތައް ސެކިއުރިޓީއެއް އެކަމަށް ހާއްސަ ކުރެވި އަދި އެތައް ވެހިކަލެއް އެކަމަށް ބޭނުން ކުރެވެމުން އަންނަ ކަމަށެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޑިފެންސް މިނިސްޓަރު ކަމަށް ވަޑައިގެންފިނަމަ ދޭނީ އެންމެ ސެކިއުރިޓީ އޮފިސަރެއްކަމުގައި ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް