ދިވެހި ފިލްމީ ތަރިން ކަމަށްވާ އަބްދުﷲ މުއާޒާއި ބަތަލާ މަރިޔަމް އައްޒަގެ ކައިވެންޏަށް މިއަދު ދެ އަހަރު ވެއްޖެ އެވެ.
ދެ ތަރިން ކައިވެނިކޮށްފައިވަނީ 2020 ވަނަ އަހަރު އައި އެންމެ ރީތި ތާރީހުތަކުގެ ތެރޭގައި ހިމެނޭ 20/02/20 ގައި އެވެ. މި ދެތަރިން މީގެ ކުރިން އެހެން މީހުންނާއި ކައިވެނިކޮށް ކުދިން ލިބިފަ އެބަތިއްބެވެ.
މިއަދުގެ މުނާސަބަތުގައި ދެމަފިރިން ވަނީ ފޮޓޯ ސެޝަންއެއް ކުރިޔަށް ގެންގޮސްފަ އެވެ. ވަރަށް ރީތިކޮށް ޑެކޮރޭޓުކޮށްފައިވާ އަދި ރީތި މާހައުލެއްގައި ނަގާފައިވާ މި ފޮޓޯތައް އައްޒަ އާއި މުއާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައި އެވެ.
ފޮޓޯ އާއި އެކު އައްޒަކޮށްފައިވާ ޕޯސްޓުގައި ކައިވެނީގެ އަހަރީ ދުވަހުގެ ތަހުނިޔާ މުއާއަށް ކިޔުމަށް ފަހު ބުނެފައިވަނީ ވޭތުވެދިޔަ ކޮންމެ ދުވަހަކީ ހާއްސަ ދުވަހަށް ވޭތޯ މުއާ ޔަގީން ކުރާ ކަމަށެވެ. އަދި އެކަމަށް ޓަކައި ޝުކުރު އަދާކޮށްފައިވެ އެވެ.
އެ ޕޯސްޓަށް މުއާވެސް ވަނީ ވަރަށް ލޯބިވާ ކަމަށް ބުނެ ހުރިހާ ކަމަކަށް ޝުކުރު އަދާ ކޮށްފަ އެވެ.
https://www.instagram.com/p/CaK6VVxALVP/
https://www.instagram.com/p/CaMSmZXAZsQ/
އައްޒަގެ އިތުރު ޕޯސްޓެއްގައި ބުނެފައިވަނީ މުއާ އަކީ އޭނާގެ އުމުރު ދުވަހުގެ ފިރިމީހާއަށް ވާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
އައްޒައަކީ ސޯޝަލް މީޑިއާގައި ދިވެހި ފަންނާނުންގެ ތެރެއިން އެންމެ ނުފޫޒު ގަދަ ބަތަލާ އެވެ. ލައްކަ އަކާއި ގާތް ކުރާ އަދަދަކަށް މީހުން އޭނާ ފޮލޯ ކުރާއިރު ދިރިއުޅުމުގައި ހިންގާ ކަންކަން ބަރާބަރަށް ހިއްސާކުރެ އެވެ.
މި ދެތަރިންނަކީ ދިރިއުޅުމުގައި އުފާވެރި ވަގުތަކެއް އެކުގައި އަދި ދެމީހުންގެ ދަރިންނާއި އެކު ހޭދަ ކުރާ ބައެއްކަން ސޯޝަލް މީޑިއާ މެދުވެރިކޮށް އެނގެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް