އިންޑިއާ ރައްޔިތުން ޔޫކްރެއިންއިން ފައިބަން އަނެއްކާވެސް އަންގައިފި

ޔޫކްރެއިންއާ ރަޝިއާ މަޝްރަހު ހޫނުވެ ހަނގުރާމައެއް ފަށާފާނެ ކަމުގެ ބިރު އޮތުމުން ޔޫކްރެއިންގައި ތިބި އިންޑިއާ ރައްޔިތުން އެ ގައުމު ދޫކޮށް ދިއުމަށް އިންޑިއާ ސަރުކާރުން އަންގައިި އެވެ. ޔޫކްރެއިންގެ ވެރިރ...

20 Feb 2022 | 14:23

ޔޫކްރެއިންއާ ރަޝިއާ މަޝްރަހު ހޫނުވެ ހަނގުރާމައެއް ފަށާފާނެ ކަމުގެ ބިރު އޮތުމުން ޔޫކްރެއިންގައި ތިބި އިންޑިއާ ރައްޔިތުން އެ ގައުމު ދޫކޮށް ދިއުމަށް އިންޑިއާ ސަރުކާރުން އަންގައިި އެވެ.

ޔޫކްރެއިންގެ ވެރިރަށް ކައިވްގައި ހުންނަ އިންޑިއާ އެމްބަސީން ނެރުނު އެޑްވައިޒަރީއެއްގައި ބުނެފައިވަނީ ޔޫކްރެއިންގައި މިވަގުތު ދަތުރުވަރިއެއްގައި ގޮސް ތިބި މީހުންނާއި ދަރިވަރުންނާއި އެނޫންވެސް ބޭނުންތަކުގައި ތިބި މީހުން އެ ގައުމުން ފޭބުމަށް އަންގާ ކަމަށެވެ. އަދި ކޮންމެހެން ތިބެން ޖެހޭ އިންޑިއާ ރައްޔިތަކު ނޫނީ ޔޫކްރެއިންގައި މިވަގުތު ނުތިބުމަށް އިިލްތިމާސްކޮށްފައިވެ އެވެ.

ކޮންމެހެން ތިބެންޖެހޭ މީހުންނަކީ އިންޑިއާ އެމްބަސީގެ މުވައްޒަފުންނެވެ. އެހެން ފަރާތްތަކުން އެ ގައުމު ދޫކޮށް ފައިބަން އަންގާފައިވަނީ ވަގުތީ ގޮތުންނެވެ.

މިއީ ހޫނުވަމުން އަންނަ ރަޝިއާ، ޔޫކްރެއިން މައްސަލައިގަ އިންޑިއާ ރައްޔިތުން އެ ގައުމުން ފައިބަން އިލްތިމާސްކޮށް އެމްބަސީން ނެރުނު ދެ ވަނަ އެޑްވައިޒަރީ އެވެ. އެމްބަސީން ބުނީ ވަގުތު އޮއްވަ ޝެޑިއުލް ފްލައިޓުތަކާއި ޗާޓާޑް ފްލައިޓުތަކުގައި އެނބުރި ގައުމަށް ދިއުމުގެ ފުރުސަތު ހޯދުން އެދޭ ކަމަށެވެ.

އިންޑިއާގެ އިތުރުން އެމެރިކާ އާއި އިނގިރޭސިވިލާތުންވެސް ވަބީ ޔޫކްރެއިންގައި ތިބި އެ ގައުމުތަކުގެ ރައްޔިތުން ފޭބުމަށް އަންގާފަ އެވެ. ރާއްޖެއިންވެސް ވަނީ ދިވެހިން ޔޫކްރެއިންއަށް ދަތުރު ކުރުން ރައްކާތެރި ނޫން ކަމަށް ބުނެ އެޑްވައިޒަރީ ނެރެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް