ބެންގަލޫރޫގެ އިތުރުން ޔުނިވާސިޓީއެއްގެ 60އެއްހާ މުސްލިމް އަންހެން ކުދިން ސަސްޕެންޑުކޮށްފި

އިންޑިއާގެ ކަރްނާޓަކާގެ ވެރިރަށް ބެންގަލޫރޫގެ އިތުރު ޔުނިވާސިޓީއެއްގެ 60 އެއްހާ މުސްލިމް އަންހެން ދަރިވަރުން ސަސްޕެންޑު ކޮށްފި އެވެ. މުސްލިމް އަންހެން ދަރިވަރުންނަށް ފިޔަވަޅުއަޅަމުން ދަނީ ސަރުކާރު ކޮލ...

20 Feb 2022 | 13:33

އިންޑިއާގެ ކަރްނާޓަކާގެ ވެރިރަށް ބެންގަލޫރޫގެ އިތުރު ޔުނިވާސިޓީއެއްގެ 60 އެއްހާ މުސްލިމް އަންހެން ދަރިވަރުން ސަސްޕެންޑު ކޮށްފި އެވެ.

މުސްލިމް އަންހެން ދަރިވަރުންނަށް ފިޔަވަޅުއަޅަމުން ދަނީ ސަރުކާރު ކޮލެޖު އަދި ޔުނިވާސިޓީތަކަށް ބުރުގާ އަޅައިގެން ވަނުން މަނާ ކުރުމުން އެކަމާއި ދެކޮޅު ހަދަމުންދާތީ އެވެ. މުސްލިމުން ދަރިވަރުން ދަނީ ބުރުގާ އެޅުމަކީ އެމީހުންގެ ދީނީ މިނިވަންކަން ކަމަށާއި އެ ހައްގު ނިގުޅައިގަތުމުގެ ހައްގު އެއްވެސް ބަޔަކަށް ނޯންނާނެ ކަމަށެވެ.

އެކަމަކު ސަރުކާޜު ކޮލެޖުތަކާއި ޔުނިވާސިޓީތަކުން މި ގަވައިދު ބަދަލުކޮށްފައެއް ނުވެ އެވެ. އަދި އެއް ދުވަހުން އަނެއް ދުވަހަށް އެ ގަވައިދަށް އަމަލު ކުރަން ފަށާ ތަންތަން ދަނީ އިތުރުވަމުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި ބެންގަލޫރޫގެ ސަރުކާރު ކޮލެޖެއް ކަމަށްވާ ޕްރީ ޔުނިވާސިޓީ ކޮލެޖު ޝިރާލަކޮއްޕާގައި ތައުލީމު ހާސިލް ކުރަމުން ދިޔަ 58 މުސްލިމް އަންހެން ކުއްޖަކު ސަސްޕެންޑުކޮށްފައިވެ އެވެ. އެ ދަރިވަރުން ސަސްޕެންޑު ކުރީ ބުރުގާ ބާލައިގެން ޔުނިވާސިޓީއަށް ވަންނަން ދެކޮޅު ހެދުމުންނެވެ.

އެ ދަރިވަރުން ވަނީ އެންގުމާއި ހިލާފަށް ބުރުގާ އަޅައިގެން ތިބެ ޔުނިވާސިޓީ ގޯތިތެރެއަށް ވަނުމުގެ އިތުރުން ކްލާސް ރޫމަށްވެސް ވަދެފަ އެވެ.

މުސްލިމް އަންހެން ދަރިވަރުން ކްލާސް ރޫމަށް ނުވައްދާ މައްސަލަ އިތުރުވަމުންދަނީ ކަރްނާޓަކާގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކުގައި އެވެ. މިކަން އިންޑިއާގެ އެހެން ސްޓޭޓްތަކުގައިވެސް އަމަލު ކުރަން ފަށާނެ ކަމަށްވެ އެވެ.

މިއީ އެ ގައުމުގެ ވެރިކަން ކުރާ މައި ޕާޓީ ބީޖޭޕީން ،މުސްލިމުންނާއި ދެކޮޅަށް ހިންގާ ޖަރީމާއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް