ކްއީން އެލިޒަބެތް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި ފެންނަނީ އާދައިގެ އަލާމާތްތަކެއް ކަމަށް އިނގިރޭސި ޝާހީ ގަނޑުވަރުން ހާމަކޮށްފިއެވެ.
ބަކިނގްހަމް ޕެލަސް އިން ބުނެފައިވަނީ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހު އެކަމަނާ ނަންގަވާނީ ވަރަށް އާދައިގެ ޒިންމާތައް ކަމަށެވެ.
އެކަމަނާ ކޮވިޑަށް ޕޮޒިިވްވި އިރު ޢުމުރުފުޅަކީ 95 އަހަރެވެ.
ގައިޑްލައިންތަކަށް ފުރިހަމަޔަށް އަމަލް ކުރައްވަމުން ގެންދަވާނެ ކަމަށާއި އެކަމަނާ ވަނީ ވަލީ އަހުދު ޕްރިންސް ޗާރލްސް އާއި އެކީ ކޮންޓެކްޓް ވެފައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އަދި ރާނީ ދިރިއުޅުއްވަމުން ގެންދަވާ ވިންޑްސަރ ކާސަލްގެ ގިނަ މުވައްޒިފުން ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިނގިރޭސިވިލާތުގައި އެންމެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވި ބޭފުޅަކަށް ރާނީ ވެވަޑައިތްތާ މަދު ހަފްތާތަކެއްގެ ތެރޭގައި އެކަމަނާ ކޮވިޑަށް ޕޮޒިޓިވް ވި އިރު، އެކަމަނާގެ ރަނިކަމަށް 70 އަހަރު ފުރުމުގެ އަލިމަސް ޔޫބީލް ފާހަގަކުރައްވާފައިވަނީ މި ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުއެވެ.
ކްއީން އެލިޒަބަތް ކޮވިޑްގެ ފުރަތަމަ ވެކްސިން ޖަހާފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 9 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް