ހަ އަތޮޅެއްގައި 770 ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދަނީ

ޑިޒައިން އެންޑް ބިލްޑް އުސޫލުން ރާއްޖޭގެ ހަތް ރަށެއްގައި، ޖުމްލަ 770 ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ. ފިނޭންސް މިނިސްޓްރީން ކުރި އިއުލާންތަކުގައި ވާގ...

20 Feb 2022 | 11:31

ޑިޒައިން އެންޑް ބިލްޑް އުސޫލުން ރާއްޖޭގެ ހަތް ރަށެއްގައި، ޖުމްލަ 770 ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާންތަކުގައި ވާގޮތުން ހައުސިން ޔުނިޓް އަޅަން ނިންމާފައިވަނީ ޖުމްލަ ހަ އަތޮޅެއްގެ ހަތް ރަށެއްގައެވެ. އެއީ، ނ. އަތޮޅުގެ ދެ ރަށަކާއި، ށ. އަތޮޅާއި، ގއ. އަތޮޅާއި، ޅ.އަތޮޅާއި، ލ. އަތޮޅާއި، ހދ. އަތޮޅު ހިމެނޭހެން އެއިން ކޮންމެ އަތޮޅެއްގެ އެއް ރަށުގައެވެ.

އެ މަސައްކަތަށް ޝަރުތު ހަމަވާ ފަރާތްތައް ހޯދުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުންނެވެ.

މިލަންދޫ، ގަން، ހޮޅުދޫ، ކުޅުދުއްފުށި، އަދި ވިލިނގިލީގައި މަޝްރޫއު ހިންގަން ޝައުގުވެރިވާ ފަރާތްތަކުން ބިޑު ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ މަހުގެ ތިންވަނަ ދުވަހެވެ.

މީގެ އިތުރުން ހިންނަވަރުއާއި މަނަދޫގައި ހައުސިން ޔުނިޓު އަޅަން ބޭނުންވާ ފަރާތްތަކުން ބިޑު ހުށަހަޅަން އޮތް ސުންގަޑިއަކީ އަންނަ މަހުގެ 13 ވަނަ ދުވަހެވެ.

ހައުސިން ޔުނިޓު އަޅަން ނިންމާފައިވާ ރަށްތައް:

  1. ނ. ހޮޅުދޫ(30 ޔުނިޓް)
  2. ނ. މަނަދޫ (40 ޔުނިޓް)
  3. ށ. މިލަންދޫ (50 ޔުނިޓް)
  4. ގއ. ވިލިނގިލި (50 ޔުނިޓް)
  5. ޅ. ހިންނަވަރު (100 ޔުނިޓް)
  6. ލ. ގަން (100 ޔުނިޓް)
  7. ހދ. ކުޅުދުއްފުށި (400 ޔުނިޓް)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް