ހުޅުމާލެ ފޭސް ދޭއްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ މީހަކަށް ބޮޑެތި އަނިޔާތަކެއް

ހުޅުމާލެ ފޭސް ދޭއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ފޭސް ދޭއްގައި މިސްކިތ...

20 Feb 2022 | 11:16

ހުޅުމާލެ ފޭސް ދޭއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ފޭސް ދޭއްގައި މިސްކިތް ހުންނަ ސަރަހައްދުގައި ކަމަށާއި އެކްސިޑެންޓްގެ ރިޕޯޓް ލިބިފައިވަނީ މެންދުރު 12:50 އެހާކަންހާއިރު ކަމަށެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ މި އެކްސިޑެންޓްގައި ސައިކަލު ދުއްވި ދިވެހި ފިރިހެން މީހާ އަށް އެކި ވަރުގެ އަނިޔާވެގެން ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

އެކްސިޑެންޓްގައި ޕިކަޕް އަދި ސައިކަލު ދުއްވި މީހާ އަކީ ވެސް އެ ކެޓެގަރީގެ ލައިސަންސް އޮންނަ މީހުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް