ނައިފަރުގައި ސަރުކާރުން ޢިމާރާތްކުރި 100 ފްލެޓަށް ވަންނަ މީހުންނަށް އުފާވެރި ޚަބަރެއް - ފުރަތަމަ ތިން މަހުގެ ކުލި ހިލޭ

ޅ. ނައިފަރުގައި ގާއިމުކޮށްފައިވާ 100 ފުލެޓަށް ވަންނަ ފަރާތްތަކުގެ ފުރަތަމަ ތިންމަހުގެ ކުލި ނުނަގަން ނިނަމައިފިއެވެ. ފުލެޓްތަކަށް ވަންނަ ފަރާތްތަކުގެ އަތުން ފުރަތަމަ ތިންމަހުގެ ކުލި ނުނަގަން ނިންމައިފަ...

20 Feb 2022 | 09:18

ޅ. ނައިފަރުގައި ގާއިމުކޮށްފައިވާ 100 ފުލެޓަށް ވަންނަ ފަރާތްތަކުގެ ފުރަތަމަ ތިންމަހުގެ ކުލި ނުނަގަން ނިނަމައިފިއެވެ.

ފުލެޓްތަކަށް ވަންނަ ފަރާތްތަކުގެ އަތުން ފުރަތަމަ ތިންމަހުގެ ކުލި ނުނަގަން ނިންމައިފައިވަނީ ނައިފަރު ކައުންސިލުގެ ލޯގޯއާއި ވެބްސައިޓް ލޯންޗްކުރުމަށް ރޭ ބޭއްވުނު ރަސްމިއްޔާތެއްގައި އެރަށު ކައުންސިލްގެ ރައީސް މުހަންމަދު ރަޝީދު ވާހަކަފުޅު ދައްކަވަމުންނެވެ.

ކައުންސިލް ރައީސް ގެ ވާހަކަފުޅުގައި ވިދާޅުވީ ހައުސިން މިނިސްޓްރީ އަންގާފައި ވާގޮތުން ފުރަތަމަ ތިންމަހު ފުލެޓަށް ކުލިދައްކަން ނުޖެހުނު ނަމަވެސް ތިންމަސް ހަމަވުމުން ކުލި ދައްކަން ފަށަންޖެހޭނެކަމަށެވެ. އަދި ފުލެޓް ތަކުގެ ކުލި ކުޑަކުރެވޭތޯ މަސައްކަތް ކުރަމުން އަންނަކަމަށް ކުއުންސިލްގެ ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކޮށްފައެވެ.

ނައިފަރުގައި ތަރައްޤީކޮށްފައިވަނީ ތިން ފަންގިފިލާގެ 3 އިމާރާތާއި، ހަތަރު ފަންގިފިލާގެ 1 އިމާރާތެވެ. މީގެތެރޭގައި 3 ފަންގިފިލާގެ ކޮންމެ އިމާރާތެއްގައި 24 އެޕާޓްމަންޓާއި، 4 ފަންގިފިލާގެ އިމާރާތުގައި ހަދާ 28 އެޕާޓް ހިމެނެއެވެ.

މިއީ 100 ހައުސިންގ ޔުނިޓެވެ. ނައިފަރުގައި 100ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫޢަކީ ސަރުކާރުން 72.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް