އަސާސީ ބޭސް ލިސްޓް ރިވިއުކޮށް އެ ބޭސްތައް ލިބެން ހުރުން ލާޒިމުކޮށްފި

އަސާސީ ބޭސް ލިސްޓް ރިވިއުކޮށް އެ ބޭސްތައް ލިބެން ހުރުން ލާޒިމުކޮށްފިއެވެ. ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައިވާ އިޢުލާނުގައިވާ ގޮތުން އެ ލިސްޓުގެ 125-1 ގައި ހުރި ނޫކުލައިން ފާހަގަކޮށްފައިވާ ބ...

20 Feb 2022 | 08:56

އަސާސީ ބޭސް ލިސްޓް ރިވިއުކޮށް އެ ބޭސްތައް ލިބެން ހުރުން ލާޒިމުކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައިވާ އިޢުލާނުގައިވާ ގޮތުން އެ ލިސްޓުގެ 125-1 ގައި ހުރި ނޫކުލައިން ފާހަގަކޮށްފައިވާ ބޭސްތަކަކީ ރަޖިސްޓްރީކޮށް ހިންގާ ހުރިހާ ރީޓެއިލް ފާރމަސީގައިބެހެއްޓުން ލާޒިމުވާ ބޭސްތަކެކެވެ. އަދި ލިސްޓުގެ 125-1 ގައި ހުރި ނޫކުލައިން ފާހަގަކޮށްފައިވާ ބޭސްތަކާއި، ލިސްޓުގެ 159-126 ހުރި ފެހިކުލައިން ފާހަގަކޮށްފައިވާ ބޭސްތަކަކީ ސެކަންޑްރީ ލެވެލް (އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލް) އަދި ޓާރޝަރީ ލެވެލްގެ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގައި ހުންނަ ހުރިހާ ފާރމަސީއެއްގައި ބެހެއްޓުން ލާޒިމުވާ ބޭސްތަކެކެވެ.

އެ ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް 202-1 ޓާރޝަރީ ހިދުމަތްފޯރުކޮށްދޭ ހޮސްޕިޓަލްތަކުގެ ތެރޭގައި ހިންގާ ފާރމަސީތަކުގައި ބެހެއްޓުން ލާޒިމުވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެހެންވެ، އެ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން ގެންދާ ހުރިހާ ފާރމަސީތަކުގައި، އެފާރމަސީ އަކަށް ކަނޑައެޅިފައިވާ އަސާސީ ބޭސްތައް މެދު ނުކެނޑި ލިބޭނެ އިންތިޒާމު ހަމަ ޖެއްސުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން އެ ލިސްޓްގައި ހިމެނޭ ބޭހުގެ އިތުރުން އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ޕްރިސްކްރިޕްޝަން އޮންލީ މެޑިސިން (ޕީ އޯ އެމް) އާއި އޯވަރ ދި ކައުންޓަރ މެޑިސިން (އޯ ޓީ ސީ) ފާރމަސީތަކުގައި ބެހެއްޓުމުގެ ފުރުސަތު އޮތް ކަމަށް ވެސް ވަނީ ބުނެފައެވެ.

އަސާސީ ބޭސް ފާރމަސީތަކުގައި ލިބެން ހުންނަ މިންވަރު ދެނެގަތުމަށްޓަކައި، ކޮންމެ 3 މަހަކުން އެއްމަހު ފާރމަސީގައި ލިބެންހުރި އަސާސީ ބޭހުގެ ސްޓޮކް ރިޕޯރޓް (ބާކީ ހުރިވަރު އިނގޭ ގޮތަށް) ފުޑް އެންޑް ޑްރަގު އޮތޯރިޓީއަށް ލިޔުމުން ހުށަހަޅަންވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

https://gazette.gov.mv/iulaan/182720

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް